ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީސް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

ކައުންސިލްތަކުގެ އުމުރު އިތުރުކުރުމަށް ނިންމާފައި ވަނީ ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށައެޅުއްވި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ކަމަށް ވާއިރު، ކޮމިޓީއިންއެ ބަދަލު  ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެ ބަދަލަކީ، ގާނޫނުއަސާސީއަށް ގެންނަން އިސްލާހަކަށް ވާތީ، އެބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން ހޮއްވެވި، 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ނެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެބިލްގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރު ކުރުމާއި، ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންނަކީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރެވޭ ބައެއްކަމުގައި ހަމަޖެއްސުމަށްޓަކައި ހުށަހެޅުނު އިސްލާހެކެވެ.
 އެބިލް މަޖިލީހުން ފާސްވެ، ގާނޫނުއަސާސީއަށް އެބަދަލު ގެނެވޭނީ، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރެއްވުމުން ނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލްގެ ހިންގުމުގެ ގާނޫނުގައި ވާގޮތުން އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ މިހާރުގެ ދައުރަކީ ތިން އަހަރު ދުވަހެވެ. ތިން އަހަރުގެ ދައުރަކީ ކައުންސިލްތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމަށާއި ގާބިލް މީހުން ކައުންސިލްތަކަށް ކުރިމަތި ލުމަށް އޮތް ހުރަހެއް ކަމަށްދެކި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އެބަދަލު ގެނައުމަށް ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: