ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ: ޚަލީލް

ޤަތަރުގައި ކުރިޔަށްދާ ދޯހާ 2025/ ފޮޓޯ: މިނިސްޓަރ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލްޙަ މަސަލަސްކަމާއި، އިންސާފާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޚަލީލް މިހެން ވިދާޅުވީ ގަތަރުގައި މިހާރު ކުރިޔަށްދާ ފޯރަމްގައި ބައިވެރިވެ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ.

”ޖަސްޓިސް އިން އެކްޝަން: ބެޔޯންޑް ޕްރޮމިސަސް ޓު ޕްރޮގްރާމްސް“ ގެ މައުޟޫއުގެ ދަށުން ކުރިޔަށް ގެންދާ މި ފޯރަމްގައި އެކި ދާއިރާތަކުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒީ މަރުހަލާއަށް ގެނެސް އެކަންކަމަށް އަމަލީ ސިފައެއް ގެނައުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށް ގެންދާނެ އެވެ.

މި ފޯރަމްއާއި ގުޅޭގޮތުން ޙަލީލް ވިދަޅުވީ ބައިނަލްއަޤުވާމީ ބައިވެރިންނާއި އެކު، އިންސާފާއި ހަމަޖެހުމާއި އެއްގަލަކަށް އަރައިގެން ހައްލު ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

މި ފޯރަމް މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މި ފޯރަމްގެ ހަވާސާގައި އެކި ގައުމުތަކުގައި އިސް ފަރާތްތަކާއި ބައްދަލުކުރައްވައި ރާއްޖެއާއި ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ ރާއްޖެއިން މި ފޯރަމްގައި ބައިވެރުވުމަށް ދައްކުވައިދެނީ ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމާއި އެކި މައްސަލަތަކުގައި ވާހަކަދެއްކުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ކަމަށެވެ.

މި ފޯރަމްގައި ޚަލީލްއާއިއެކު ސެކްރެއްޓަރީ ހަދީޖާ ނަޖީހާ އާއި ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާޖްޑް އެފެއާސް މުހައްމަދު ދީދީ، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމް އަދި ދެވަނަ ސެކްރެޓްރީ މުހައްމަދު ތަހްސީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: