ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 ބަޖެޓް، މުޅި ރާއްޖެ ބަދަލުކޮށްލާނެ ބަޖެޓެއް- ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު... ފޮޓޯ: މަޖިލސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ މުޅި ރާއްޖެ ބަދަލުކޮށްލާނެ ފަދަ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީށް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގައި މަރުޙަލާ ފެށުމުގެ ކުރިން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓު ފުރަތަމަ ފަހަރަށް ބިލިއަނެއް ފަހަނައަޅާ ދިޔައީ 2004 ވަނަ އަހަރުގެ ސުނާމީއަށް ފަހުގައި ކަމަށެވެ.

އަދި މިލިއަނެއް ފަހަނައެޅ 1967 ވަނަ އަހަރުގައި ކަމަށެވެ. ދައުލަތުގެ ބަޖެޓު 37 ބިލިއަނާއަށް ފޯރީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޓެކްސް ޤާނޫނުތައް ފާސްކުރުމާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި 87 ދާއިރާއަށް ބޭނުންވާ ހުރިހާ ކަމެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

”އިއްޒަތްތެރި މެންބަރުންގެ ދާއިރާތަކަށް ހިމަނިކަންތައްތައްކަމަށް ވުރެ އިތުރަށްވެސް އެބަހުރި. ނެތް ހަމަ އެކައްޗެއްވެސް ނެތް. ދެން ވިދާޅުވެވިދާނެ ހަރިންމައެއް ނެތޭ، އެއްގަމު ތޮއްޓެއް އޮތީ ބޮޑުކުރަން ވެފައޭ، އެހެން ނަމަވެސް 1200 މިލިއަން ކޮންމެ ރަށަކަށް އެބަ ޚަރަދުކުރޭ. އިޖްތިމާޢީ ރައްކާތެރި ކަމަށް،ރިކަރަންޓް ޚަރަދައް، ކެޕިޓަލް ޚަރަދައް“

މި ހުރިހާ ކަމެއްގެ އިތުރުން ބަޖެޓު އެންމެ ފުރިހަމަވާ އެއް ސަބަބަކީ ބަޖެޓު އެކުލަވާލުމުގައި ލާމަރުކަޒު ނިޒާމުން ވިސްނާފައިވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”500 އެއް ހާ މީހުންގެ ވޯޓު ހަމަވާ ރަށެއް ބައްލަވާލައްވާ މަޤޫދޫ، އެރަށަށް ބަޖެޓު ބްލޮކް ގްރާންޓްގެ ގޮތުގައި ޖުމްލަކޮށް ދައުލަތުން އެބަދޭ ފަސް ހަ މިލިއަން ރުފިޔާ. އެއީ ކުރިގައި ކައުންސިލްތަކަށް ލިބޭ އެއްޗަށް ވުރެ ދެގުނަ އިތުރު. މިއަދަދުގެ އިތުރުން ކައުންސިލްތަކަށް އެބަލިބޭ އިޚުތިޔާރު، ކައުންސިލްތަކުން އަމިއްލައަށް އާމްދަނީ ހޯދުމަށް. ލާމަރުކަޒު ޤާނޫނު އެބަ މުޅި ރަށް އެބަދޭ ކައުންސިލްތަކަށް. އަދި ރަށުން ލިބޭ ހުރިހާ އާމްދަނީއެއް ކައުންސިލްއަށް އެބަ ހޯދޭ“

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅީ މިދިޔަ ހަފްތާ ހޯމަ ދުވަހުއެވެ.

ބަޖެޓް ދިރާސާ ކުރުމުގެ ކަންކަން ބަޖެޓް ކޮމެޓީން ކުރަމުންދާއިރު ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުސަތެއް ވަނީ ހަމަޖެހިފައެވެ. މަޖިލީހުގެ 87 މެންބަރުންނަށް ފުރުސަތު ދޭނަމަ ބަހުސް މަރުހަލާ 21 ގަޑިއިރަށް ދެމިގެންދާނެއެވެ. މަޖިލިސްގެ ޖަލްސާ މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ބަހުސް މަރުހަލާ ކުރިއަށްދާ ވަގުތުގައި ފުރުސަތު ޖެހޭ އިރު މަޖިލީހުގެ ތަޅުމުގައި ނެތް ނަމަ އެ ފުރުސަތު ގެއްލޭނެއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓްގެ ފުރުސަތެއް ދޭން ވެސް ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: