ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ދެ ގެއެއް ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްކޮށްފައިވާ ވޭޕް އަދި ވޭޕްގެ ކާރޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން އެކްސްގައިކޮށްފައިވާ ޕޯސްޓްގައި ބުނެފަިވެއެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ވެސް ފުހުލުން ހާމަކުރިއެވެ.

މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި، ބޭނުން ކުރުމަކީ ރާއްޖޭގެ ޤާނޫނުން މަނާ ކަމެކެވެ. ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ޤާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.  ރާއްޖެއަށް އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން  ޖޫރިމަނާއެއް ކުރެެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެއެވެ.

އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސަތަކީ ރާއްޖޭގައި ޒުވާން ޖީލު ރަނގަޅު ސިއްހަތެއްގައި ތިބެގެން ބޮޑުވުމެވެ. ރައީސް ޑރ މުއިއްޒު ވަނީ ރާއްޖެއަށް ދުންފަތް އެތެރެ ކުރާ ފަރާތްތަކަށްވެސް އެހެން ވިޔަފާރިއެއް އިހުތިޔާރު ކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: