ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދުއަށް ބޯކޮށް ވާރޭ ވެހި ގެތަކަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: ސައުދު

ވިއްސާރާގައި ގދ. ތިނަދޫގައި ފެންބޮޑުވެފައި/ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. ތިނަދޫ ސިޓީއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައިވާ މައްސަލަ، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން މޭޔަރު ސައުދު ވިދާޅުވީ، ރޭ ދަންވަރު 1:30 އިން ފެށިގެން ހުއްޓުމެއްނެތި ހެނދުނު 8:00 އާ ހަމައަށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ގެތަކަށް ފެން ވަދެފައިވާކަން ފާހަގަކުރައްވައި، ހޮސްޕިޓަލާއި ފެން ޕްލާންޓްތަކަށް ވެސް ފެން ވަދެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، ގަޑިއެއްހާއިރަށް ވާރޭ ވެހޭނެކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، ހުއްޓުމެއް ނެތި ހެނދުނާއި ހަމައަށް ވާރޭ ވެހުމުގެ ސަބަބުން، ފެން ހިންދާ ޕަންޕުތައް ބޭނުންކުރުމަށް ދަތިތަކެއް ދިމާވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވާރޭ ވެހުނީ ވަރަށް ބޯކޮށް ކަމަށާއި، އެހެންކަމުން ޕަންޕުތަކަށް ނުކަތާވަރަށް ތިނަދޫގައި ފެން ބޮޑުވި ކަމަށެވެ.

ފުރަތަމަ 12 ސަރަހައްދަކުން ފެން ބޭރުކުރުމުގެ މަސައްކަތް ކުރެވުނު ކަމަށާއި، ނަމަވެސް ފަހުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އިތުރު ޕަންޕުތައް ބޭނުންކުރިކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގެތަކަށް ފެން ވަދެ ތަކެއްޗަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.

މިވަގުތު ކައުންސިލްގެ ޓީމުތަކުން ރަށުގެ އެކި ސަރަހައްދުތަކަށް ގޮސް، ގެތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އެ މަސައްކަތް ނިމުމުން އާންމުންގެ ތަކެއްޗަށް ލިބުނު ގެއްލުމުގެ މިންވަރު އަންދާޒާ ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ އެންމެ ބޮޑަށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ގދ. ކާޑެއްދޫއަށެވެ. މެޓް އޮފީހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ކާޑެއްދޫއަށް 72.9 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ވިއްސާރާގައި ގދ. ތިނަދޫގައި ފެންބޮޑުވެފައި/ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި ދެކުނުގެ ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކުރެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް އިރުއުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ހިސާބުތަކަށް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: