ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ ވަރަށް ހިންގުންތެރި، ދެ މަސް ދުވަސް ތެރޭ 200 މައްސަލައެއް ބަލައިފި!

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލާފައި ވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވީ ދެ މަހެއް ހާ ދުވަހުގެ ތެރޭގައި ފަނޑިޔާރުންނާއި ގުޅޭގޮތުން 200 އެއްހާ މައްސަލަ ބަލާ ތަހުގީގުކޮށްފައިވާނެ ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީއަށް އައި އާ މެމްބަރުންނާއި އެކު ފާއިތުވީ މަދު ދުވަހެއްގެ ތެރޭގައި ގިނަ ފަނޑިޔާރުން، އަދި ގާޒީންގެ ސުލޫކީ މައްސަލަ ވަނީ ބަލާފައެވެ. ކޮންމެ ހަފްތާއަކުވެސް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރުންނާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް ސަބް ކޮމިޓީތައް އެކުލަވާލާ އެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ނިންމައެވެ.

ޖޭއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގާނޫނަށް މިދިޔަ ސެޕްޓެމްބަރު މަހު އިސްލާހު ގެނައި ފަހުން ބެލި 200 އެއްހާ މައްސަލައިގެ ތެރޭގައި ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލަތައް ޖޭއެސްސީގެ އުސޫލުތަކުގެ ތެރެއިން ބަލަމުންދާނެ ކަމަށާއި އެކަމުގައި ކޮމިޝަންގެ ގާނޫނީ ބާރުތަކުގެ ބޭރުން އަމަލު ނުކުރާނެ ކަމަށް ބަޔާނުގައި ވެ އެވެ. ކޮމިޝަނުން ބުނެފައިވަނީ އެއްވެސް ފަނޑިޔާރަކު ކުރި ހުކުމަކާ ދެކޮޅަށް ހުށަހެޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ނުބަލާނެ ކަމަށާއި އެ ކޮމިޝަނުން ބަލަނީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފް މައްސަލަތައް ވެސް ބަޔާނުގައި ބުންޏެވެ.

ޖޭއެސްީއިން ބުނެފައިވަނީ މިހާރު އެ ކޮމިޝަނުން ހަތަރު ފަނޑިޔާރެއްގެ 51 މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައާއި ކޮރަޕްޝަނާއި، ލިބިފައިވާ ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

އުތައްމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ބައެއް އެހެން ފަނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެއީ އުއްތަމަ ފަނޑިޔާރާއި ބެހޭ، 18 މައްސަލައަކާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރުން އާދަމް މުހައްމަދުގެ 16 މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތެރޭގައި ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހާއި، ވެރިކަން ހިންގުމުގެ ބާރާއި ދަށު ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި ޖޭއެސްސީގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ މައްސަލަތައް ހިމެނޭ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

ކޮމިޝަނުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް ބޯލަނބަން އުއްތަމަ ފަނޑިޔާރު ދެކޮޅުހަދަމުންދާ ކަމަށް ބަަޔާނުގައި ބުނެފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް ޑރ. ހުސެއިން ފާއިޒަށް މަސައްކަތުގައި ހުރަސް އަޅާ ކަމަށާއި، އޭނާ މަގާމުން ވަކި ކުރަންވެސް އުއްތަމަ ފަނޑިޔާރު އިންޒާރު ދީފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ޖޭއެސްސީން ބުނިގޮތުގައި، ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިިންމާފައިވާ ނިންމުންތަކުގެ މައްސަލަތަކަކީ ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ހެދި ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ދަށު ކޯޓުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގެންފައިވާ ކަމަށް އެ ރިޕޯޓްގައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ފާޙަގަކޮށްފައެވެ.

ކޮމިޝަންގެ ބަޔާނުގައި ގޮންޖެހުންތައް ކުރިމަތިވިޔަސް، ޖޭއެސްސީގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެދެވޭ ނަތީޖާތަކެއް ނެރެދޭނެ ބުނެފައިވެއެވެ.

ޖޭއެސްީއަކީ ސިޔާސީ ތަނެއްގެ ގޮތުގައި ސިފަކޮށް، ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީ ބަޔާނުގައި ބުނެފައިވަނީ، ކޮމިޝަނުން ބަލަމުން ދަނީ އެ ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި ގާޒީންގެ މައްސަލަ ބަލާ އިރު ޑިއު ޕްރޮސެސްއާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: