ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު ނިމުނުއިރު ހަރަދު ކުޑަވެ އާމްދަނީ އިތުރު!

މިނިސްޓްރީ އޮފް ފިނޭންސް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ 10.2 އިންސައްތައިން އިތުރުވެ ހަރަދުތައް 13.2 އިންސައްތައިން ދަށްކުރެވިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ބޭނުންކޮށްފައިވަނީ 36.41 ބިލިއަން ރުފިޔާއެވެ.

މި އަހަރު ނިމޭއިރު 39.89 ބިލިއަން ހިލޭ އެހީ އަދި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު މި މުއްދަތުގެ ނިޔަލަށް 87.89 އިންސައްތަ ލިބިފައިވެއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރާ އަޅާބަލާއިރު މި އަހަރުގެ ތެރޭގައި ފާހަގަކުރޭ މިންވަރަކަށް އިތުރުވެފައިވެއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 31.73 ބިލިއަން ލިބުނުއިރު މި އަހަރުގެ ތެރޭގައި 34.97 ބިލިއަން ލިބިފައިވެއެވެ. އެހެންކަމުން 10.2 އިންސައްތައިން އާމްދަނީ ލިބުނު މިންވަރު އިތުރުވެފައިވާކަން ފެނިގެންދެއެވެ.

މީގެއިތުރުން ފާހަގަކުރެވޭ މިންވަރަކަށް ހަރަދުތައްވެސް ދަށްކުރެވިފައިވެއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ހަރަދުތައް ހުރީ 41.96 ބިލިއަންގައިކަމަށްވާއިރު މި އަހަރުގެ ތެރޭގައި 36.41 ބިލިއަން ހަރަދުކުރެވިފައިވުމުން 13.2 އިންސައްތައިން ދަށްކުރެވިފައިވާކަން ފެނިގެންދެއެވެ. މި މުއްދަތުގެ ތެރޭގައި ރިކަރެންޓު ހަރަދު ހުރީ 31.19 ބިލިއަންގައެވެ. ކެޕިޓަލް ހަރަދު ހުރީ 5.21 ބިލިއަން ރުފިޔާގައި ކަމަށްވާއިރު ލޯނު ދެއްކުމުގެ ގޮތުން 4.96 ބިލިއަން ހޭދަކޮށްފައިވެއެވެ. ސަރުކާރުންވަނީ މި އަހަރުގެ ތެރޭގައި މިހާތަނަށް ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް 2.36 ބިލިއަން ޖަމާކޮށްފައިވެއެވެ.

ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 26.11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.56 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޕީއެސްއައިޕީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 7.18 ބިލިއަން ހަރަދުކޮށްފައިވާއިރު އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: