ދިރާގު ފިންޓެކްއިން ކުރިއަށް ގެންދާ ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު 31 ޑިސެމްބަރު 2025ގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ޕްރޮމޯޝަނަކީ، ދިރާގުޕޭ އެޕްއަށް ރަޖިސްޓްރީކޮށްފައިވާ އަދި އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންގެ މެދުގައި، ގުރުވަތުން، ހޮވޭ ނަސީބުވެރި ފަރާތަކަށް، 50،000 ރުފިޔާގެ އަގުހުރި އިނާމު ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށްވެސް، ދިރާގުޕޭ އެޕްލިކޭޝަނަށް ރަޖިސްޓްރީކުރެވޭނެ ކަމަށް ދިރާގުން ބުނިއެވެ.
ދިރާގުން ބުނިގޮތުގައި، މި ޕްރޮމޯޝަނަކީ، ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް، ރާއްޖޭގެ ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި، ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށާއި، އެ ކުންފުނީގެ އަމާޒަކީ، ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުޕޭއަކީ އީވޮލެޓް އެޕްލިކޭޝަނެކެވެ. އެގޮތުންމ މި އެޕްލިކޭޝަނުންގެ ދަށުން، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނޭ ކަމަށް ދިރާގުން ބުނިއެވެ.

