ބ. ފެހެންދޫ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ފެހެންދޫ ބަނދަރު މަސައްކަތް ސަރުކަރުން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއިން ބުނީ މިމަހުގެ 10 ވަނަ ދުވަހު ބަނދަރު ހެދހުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ފެހެންދޫ ބަނަދަރު ހެދުމުގެ މަޝްރޫޢުއަށް ޖުމްލަ 49،664،831.39 (ސާޅީސްނުވަ މިލިއަން ހަސަތޭކަ ފަސްދޮޅަސް ހަތަރުހާސް އަށްސަތޭކަ ތިރީސްއެއް ރުފިޔާ ތިރީސް ނުވަ ލާރި) ޚަރަދުވެއެވެ.
ސަރުކާރާއި އެމްޓީސީސީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 43،500 ކިއުބިކް މީޓަރަށް ބަދަނދަރު ފުންކުރުމާއި، 130 މީޓަރުގެ ޞޭރު ތޮށި ލުމާއި، 282 މީޓަރުގެ ސަރަޙައްެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރު އެތެރެ ތޮށި ލުމާއި، މޫރިން ބްލޮކްސް ލުމާއި އަދި ޕޭމަންޓެއް އެޅުން ހިމެނެއެވެ. އޭގެ އިތުރުން ރޭމްޕުލުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

މި ސަރުކާރުގައި ފެހެންދޫއަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ފުއްދައިދޭނެ ކަމަށް ވަނީ ވަޢުދުވެފައެވެ. ޚާއްސަކޮށް ފެހެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ވަނީ ވަޢުދުވެފައެވެ.
އޭގެ އިތުރުން ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލުމަށް އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން އެކުލަވާލި ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި ފެހެންދޫ ދަރިވަރުން ކިޔެވުމަށް ކައިރީގައި އޮން ގޮއިދޫއަށް ދަތުރުކުރާނޭ ފެރީއެއް، އިންޑިއާގެ ހިލޭ އެހީދަށުން ބަނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

