ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު އަހަރު: މިނިސްޓަރ

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަހާ ފޯރަމް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދެ އަހަރުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި، ޒަކާތު ޤަނޫނާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ޒަކާތު ހައުސް އުފެއްދެވުމަށާއި، ޒަކާތަށް ހާއްސަ ގާނޫނެއް އުފެއްދެވުމަށާއި، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ހިމަނުއްވާފައިވާކަމަށެވެ.

ޝަހީމް ވިދާޅުވީ ދައުރުގެ ވަރަށް ކުރީކޮޅު ޒަކާތަށް ހާއްސަ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތުން ފާއިތުވެދިޔަ ދެ އަހަރަކީ ޒަކާތުގެ ނިޒާމުގައި ފާހަގަކޮށްލެވޭ ދެ އަހަރަށް ވެގެންގޮސްފައިވާކަމަށެވެ. އެގޮތުން ފާއިތުވެދިޔަ 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބި، ތާރީހުގެ ތެރެއަށް ވަދެފައިވާކަމަށާއި މިކަމުން އެނގިގެންދަނީ ޒަކާތުގެ ނިޒާމާއި މެދު އާއްމުންގެ ފުރިހަމަ އިތުބާރު އޮތްކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ހޮނިހިރު ދުވަހު ތަސްދީގު ކުރެއްވި ޒަކާތު ޤާނޫނަކީ އެންމެ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ޤާނޫނެއްކަމަށާއި، މި ޤާނޫނާއެކު ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމާއި ކުރިއެރުން ލިބިގެންދާނެކަމަށެވެ. މި ޤާނޫނާއެކު ޒަކާތު ހައުސްއަށް ޤާނޫނީ ބާރުވެރިކަން ލިބި، ޒަކާތާއި ގުޅޭ ކަންކަން ތަފްސީލްކަމާއެކު ޤާނޫނުގައި ހިމެނިފައިވުމަކީ ޒަކާތުގެ ނިޒާމަށް ލިބުނު ފަސޭހައެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.

ޒަކާތުގެ ޤާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އުކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް ޤާނޫނުގެ މަޤުޞަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: