ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ލިމިޓުގެ ނަހަމަ ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ!

ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު ލިމިޓުތަކުގެ ނަހަމަ ބޭނުންކުރާނަމަ ލިމިޓު ކަނޑާލުމާއި މައްސަލަ ހުށައެޅުންފަދަ ފިޔަވަޅުތައް އަޅާނެކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން އެ ބެންކުންވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑެބިޓް ކާޑުތަކުން ބޭރު ގައުމުތަކުގައި ބޭނުން ކުރެވޭނެ ލިމިޓު އިތުރުކޮށްފައިކަމަށެވެ. މިގޮތުން މަހެއްގެ މައްޗަށް ބޭރުގެ އޭޓީއެމްއިން ނެގޭ ފައިސާގެ ލިމިޓު 1000 ޑޮލަރަށް އިތުރުކުރިއިރު ބޭސް ފަރުވާ އަދި ޓިކެޓު ގަތުން ފަދަ ކަންކަން ކުރުމަށްޓަކައި 3000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިކަމުގެ ނަހަމަ ބޭނުން ހިފަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އަމިއްލަ ބޭނުމަށް ނަގާފައިވާ ކާޑު އެހެން މީހެއްގެ އަތަށް ދީގެން ރާއްޖެއިން  ބޭރުގައި ބޭނުންކުރުމުގެ މައްސަލަ އޮތްއިރު އެކަކު 100 އަށްވުރެ ގިނަ ކާޑުގެ ބޭނުން އެއް މާޗަންޓެއް މެދުުވެރިކޮށް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ. ފެންމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ޓިކެޓު ނެގުމާއި ހޮޓެލް ބުކިންތަކަށް ކަނޑައެޅިފައިވާ ލިމިޓުގެ ބޭނުންކުރުން ހިމެނޭކަމަށް ބުނެފައިވެއެވެ.

މިއީ ކާޑު ދޫކުރުމުގައި ވެފައިވާ އެއްބަސްވުމާއި ހިލާފު އަމަލެއްކަންވެސް ހިއްސާކޮށްފައިވެއެވެ. އަދި ކަނޑައެޅިފައިވާ ލިމިޓަކީވެސް އެމީހަކު ބޭނުންކުރުމަށް އޮތް ލިމިޓެއްކަމަށާއި އެހެން މީހަކު ބޭނުންކުރުމަށް ދިނުމަކީ އާންމު މުއާމަލާތްތަކުގެ އުސޫލާއިވެސް ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރެވިގެންދާނެއިރު ބޭރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލިމިޓު ކަނޑާލުން ފަދަ ދަތިތަކާއި ކުރިމަތިލާންޖެހުން އެކަށީގެންވާކަމުގެ އިޝާރާތްތަކެއް ކޮށްފައިވެއެވެ.

ލިމިޓު ބޮޑުކުރީ ރައްޔިތުންގެ ލުއި ފަސޭހައަށްޓަކައި ކަމަށްވާއިރު މިފަދަ ނަހަމަ އަމަލުތައް ހިންގުން ހުއްޓިގެން ނޫނީ ދެމެހެއްޓިނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވެގެންދާނެކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: