ޓްރާންސްޕޯޓް މިނިސްޓްރީއާއި އެޗްޑީސީއާއި ގުޅިގެން ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް2 ގައި ޕާކިން ޒޯނު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ، އިތުރު ވަގުތީ ޕާކިންއެއް ހުޅުވާލީ މިކަމުގެ މުހިންމު ކަމުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން ޕާކިންގ މައްސަލައަށް ހައްލެއް ގެނައުމަށް ޕާކިންގ ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.
ޒުހައިރު ވިދާޅުވި މިހާރުވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެޗްޑީސީއާއި ގުޅިގެން ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ދާ ކަމަށެވެ. މިކަންތައްތަކަށް ހައްލެއް ހޯދުމަށް އެޗްޑީސީން ސަރުކާރުގެ މެންޑޭޓާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ހުޅުމާލެއަކީ އަމާން ތަނަކަށް ވާން ޖެހޭ ކަމަށާއި މަގުތުންވެސް އާއްމުންނަށް ލިބެންޖެހޭ ހުރިހާ ރައްކާތެރިކަމެއް ލިބެންޖެހޭ ކަމަށެވެ. އެގޮތުން މަގޭ ހުޅުމާލެ ނަމުގައި ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދެވޭ ކަމަށާއި، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަސް ގެންދާ ކަމަށް ކަމަށް ފާހަގަކުރެއްވިއެވެ.
ޒުހައިރު ވިދާޅުވީ އަދިވެސް މަގުތައް ބޭނުން ކުރުމުގައި އުންދަގޫތަކެއް އާއްމުނަށް ހުރި ކަމަށާއި އަދި މަގު ބޭނުން ކުރުމުގައިވެސް ޕާކު ކުރުމުގައިވެސް ދަތި ގޮތް ތަކެއް ހުރި ކަމަށެވެ. އަދި މަގުތަކަށް ކުޅު ޖެހުމާއި އެފަދަ ކަންކަންވެސް އާއްމުން ކުރާ ކަމަށާއި އެހެން ކަމުން އެކަންކަން ނުކުރުމަށް ޒުހައިރު ވަނީ އެދިވަޑައިގެންފައެވެ.

