ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔެކިޔުން ނައްތާލިކަމަށް ބުނާ މައްސަލާގައި، ފަޒުލްއަށް ކުރާ ތުހުމަތަށް ބާރުދޭ ހެއްކެއް ނެތް: ޕީޖީ

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސާވަރގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުކް ރަޝީދުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ފަޒުލްގެ އިތުރުން ތުހުމަތު ކުރީ އެޗްޑީސީގެ އައިޓް ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ކަމަށެވެ. އަދި އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވަރ ނުކުރެވޭ ގޮތަށް ޑިލިޓް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާކަމަށް މައުލޫމާތު ދިނެވެ.

މި މައްސަލައިގައި ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރި ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގައި ތެރެއިން ޑިލިޓްކޮށްފައިވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، ކުންފުނީގެ ސާވާގެ ތެރެއިން އެއްވެސް ލިއުމެއް ނުވަތަ ޑާޓާއެއް ޑިލިޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައި ވެއެވެ.

މައްސަލަ ފައިލްކޮށް ޕީޖީ އޮފީހުން ބުނީ ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، ފަޒުލްއާއި ޝުހޫދު އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިއުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

މީގެއިތުރުން މައްސަލައިގައި ދެ މީހުންގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: