ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީއަށްމެންބަރަކު އައްޔަންކުރުމަށް މިއަދަށް އެޖެންޑާކޮށްފި

ލިސްޓުގެ އެންމެ ކުރީގައި އުޅުއްވާ ފުއާދު ތައުފޫޤު (ކ) އީސީގެ މެންބަރު އަމްޖަދު މުސްތަފާ (ވ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދު ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އަމްޖަދު މުސްތަފާގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 އަށް ހަމަވާތީއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި، މއ. ތަޅަމުދުގެ ފުއާދު ތައުފީގުއާއި، ގއ. މާމެންދޫ އަމުޖަދު މުސްތަފާއާއި، ހ. ގާޑެނިޔާ ހަސަން ނާޒިމްއާއި، ހއ. ކެލާ، އަނބުގަސްދޮށުގެ ހަނީފާ ހާލިދުއެވެ.

މި ބޭފުޅުންގެ ނަންތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކޮށް ތަރުތީބުކުރި އިރު ފުރަތަމަ ނަމަކަށް ފާސްކޮށްފައިވަނީ ފުއާދު ތައުފީގްއެވެ. ނަން ތަރުތީބު ކުރިއިރު ދެ ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ އަމުޖަދު މުސްތަފާ އެވެ. އަދި ތިން ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ ހަނީފާ ހާލިދު ނަމެވެ.

ކޮމިޓީއިން ތިން ބޭފުޅެއްގެ ނަން ތަރުތީބުކޮށްފައިވާއިރު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ، ކޮމެޓީން ނިންމާފައިވާ ތަރުތީބުން ނެވެ. އެއަށްފަހު އިލެކްޝަން ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންތިޙާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކަށެވެ.

އީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އަދި އަމްޖަދު އަކީ މިޙާރުވެސް އިލެކްޝަން ކޮމިޝަންގެ މެންބަރެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: