ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުތަފާތުވުން ދޫކޮށް އެކުގައި ކުރިޔަށް ނުދާނަމަ، އެއީ ޕާޓީގައި ހުންނަން ބޭނުންވާ މީހެއް ނޫން: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުތަފާތުވުންތަކާއި އެކު ވެސް ކުރިޔަށް ގޮސް، އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމުގެ ވިސްނުން ބައެއް ބޭފުޅުންގެ ނެތް ނަމަ އެއީ އެމްޑީޕީގެ ތެރޭގައި ހުންނަން ބޭނުންވާ ފަރާތެއްކަމަށް ގަބޫލު ނުކުރެވޭކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި މީގެ ތިން އަހަރު ކުރީން އުފެދުނު އެކި ހިޔާލުތަފާތުވުންތައް އަދިވެސް އެގޮތުގައި އޮވެ، ތަފާތު އެކި މައްސަލަތައް ދަނީ ދިމާވަމުންނެވެ. 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ޗެއާޕާސަންއެއް ނެގުމުގައި ވެސް ބަހުސްތައް ދިޔަ އެވެ. ރޭ އޮތް ގައުމީ މަޖިލިސް ބައްދަލުވުމުގައި އެންމެ ފަހުން ނިންމީ ޣަފޫރު ޕާޓީގެ ވަގުތީ ޗެއާގެ މަގާމަށް ގެނައުމަށެވެ.

މަގާމު ހިންގުމާއި ހަވާލުވެވަޑައިގެން ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑުކޮށް އަމާޒުވީ ރިޔާސީ އިންތިހާބަށް އޮތް ވާދަވެރިކަމާއި ގުޅޭ ސުވާލުތަކެވެ. އެކަމަށް ޣަފޫރު ވިދާޅުވީ އެންމެ މުހިންމީ ޕާޓީގެ މުސްތަގުބަލު އިސްކޮށް ހުރިހާ މެމްބަރުން ވެސް އެކުވެރިކަމާއި އެކު މަސައްކަތް ކުރުން ކަމަށެވެ.

ޣަފޫރު ވިދާޅުވީ އެމްޑީޕީގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރުމަށް، ލީޑާޝިޕާއި އިސް ބޭފުޅުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް މެމްބަރެއް އެއީ، ވާހަކަ ދައްކައި މަޝްވަރާ ނުކުރެވޭނެ މިންވަރަށް ދުރުގައި ހުރި ބޭފުޅެއް ވެސް ނޫންކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ހުރިހާ ހިޔާލުތަފާތުވުމެއް އެކައްޗަކަށް ވެ، އަޅުގަނޑުމެންނަށް އެކަން ހުރިހާ ބޭފުޅުންނަށް މަސައްކަތެއް ކުރެވޭނެ.. ނޫން ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ބޭފުޅަކު ވެއްޖިއްޔާ އެއީ ޕާޓީގެ ތެރޭގައި ހުންނަން ބޭނުންވާނެ ބޭފުޅެއް ނޫން އެއީ.. އަޅުގަނޑު މިތިބީ އަޅުގަނޑު ހަމަ ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެންގެ ނެތޭ އެއްވެސް ފަރާތަކަށް ޖެހުމެއް… އަޅުގަނޑުމެން ކުރިމަތި ގޮތީ އެމްޑީޕީއޭ… އެހެންވީމަ އެމްޑީޕީގެ މީ ކުރިމަގަށް ޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެ އުސޫލުގެ ތެރެއިން ޕާޓީގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންނަށް ވެސް އެހެން ބޭފުޅުންނަށް ވެސް. އެއީ އަޅުގަނޑުމެން ހަމަ ދޭން ބޭނުންވާ މެސެޖެއް.

ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް ބުރަވެ، މަންފާވާނެ ގޮތަށް މަސައްކަތް ނުކުރާނެކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި ޕާޓީގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ލިބެން ޖެހޭ ހައްގު ފުރިހަމައަށް ލިބޭނެކަމަށް ވިދާޅުވި އެވެ. ބައެއް މައްސަލަތަށް ދިމާވަނީ، އަނެކާ އެއީ ރިޔާސީ ކެނޑިޑޭޓެއްކަމަށް ހީކުރެވޭ ހިސާބުން ހިޔާލު ތަފާތުވުން އުފެދޭތީކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫންކަމަށާއި، ހިޔާލުތަފާތުވުމާއި ބަހުސް ކުރުމަކީ އެ ޕާޓީގެ ތެރޭގައި އަބަދުވެސް އޮތް ކަންތައްކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ހުރިހާ ހިޔާލު ތަފާތުވުމެއް އެއްކޮށް، އެންމެން ގުޅިގެން ޕާޓީގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އެ ނޫން ގޮތަކަށް މަސައްކަތް ކުރުމަށް ބޭނުންވާނަމަ، އެއީ ޕާޓީގެ ތެރޭގައި ހުންނަން ބޭނުންވާ ބޭފުޅެއް ނޫންކަމަށް ޣަފޫރު ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުން ވެސް އެއްބައިވަންތަކަމަށް ވިސްނުމަށް ޣަފޫރު ގޮވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: