ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ، ފަނޑިޔާރު އަރީފް، ރައީސް ކަމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާއާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންދާކަން ކޮމިޝަނުން އިއްޔެ އާއްމުކުރި ރިޕޯޓުން ދައްކައެވެ.
ފަނޑިޔާރު އަރީފްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެ މައްސަލަތަކުގެ އަދަދު 60 އަށް އަރައެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަތައް ވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.
ޖޭއެސްސީން ބުނެފައިވަނީ އެ ދެ ބޭފުޅުންވެސް ގާނުނު އަސާސީ އާއި ހިލާފު ވެފައިވާ ކަމަށެވެ.

