ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އެއްބައިވަންތަކަމާއި އެކު ކުރިޔަށް ގެންދިއުމަށް އެއްބާރުލުން ދޭނަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އެއްބައިވަންތަކަމާއި އެކު ކުރިޔަށް ގެންގޮސް، އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމުގައި ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައި އޮއްވައި، ރިސާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާއި އެކު އިތުރު މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ޕާޓީއަށް ވަގުތީ ޗެއާއެއް ހޮވުމަށް ބޭއްވި ގައުމީ މަޖިލިސް ހޫނުވެ، ދެވަނަ ފަހަރަށް ބޭއްވި ބައްދަލުވުމުގައި ރޭ އެ މަގާމަށް ގައުމީ މަޖިލީހުން އައްޔަނު ކުރީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ.

އެތެރޭގެ ޕްރައިމެރީގެ ވާދަވެރިކަމާއި އެކު، އޮތް މައްސަލަތައް އެއްފަރާތްކޮށް އެންމެން އެކުގައި ކުރިޔަށް ދިއުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުންނާއި، އެ ފަރާތްތަކަށް ތާއީދު ކުރާ މެމްބަރުން ވެސް ޕާޓީ އިސް ކުރުމަށް އެދޭ ކަމަށެވެ.

ޣަފޫރު ޕްރެސް ބޭއްވިތާ، މާ ގިނައިރުތަކެއް ނުވެ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމާއި އެކު ކުރިޔަށް ދާނެކަމުގެ އުންމީދު ކުރައްވާކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކާމިޔާބަށް ވާސިލުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކޮށް އެއްބާރުލުން ދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޣަފޫރު މިއަދު ވިދާޅުވީ އެމްޑީޕީގައި މިވަގުތު އިސްކޮށް ތިބީ، ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުގައި ތިބި ބައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ މެމްބަރުން އެކުގައި ދެމިތިބުން މުހިންމުކަމަށާއި، ވަކި ލީޑަރެއްގެ ފަހަތުން ޕާޓީ ދޫކޮށް ދިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުމެއް ނެތްކަމަށެވެ. އަދި އެކަކު އަނެކަކާއި ތަފާތު ވިސްނުންތައް ހުރިއިރު، އެފަދަ ބަހުސްތަކަށް އެމްޑީޕީގެ ތެރޭގައި އަބަދުވެސް ޖާގަ އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: