ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި، މާރާމާރީ ހިންގައި ވަޅިއަކުން ހަމަލާ ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއްގެ ރިޕޯޓު ލިބިފައިވާކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިއަދުގެ ހެނދުނު އެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައި ވަނީ، 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް މައުލޫމާތު ދިނެވެ.
މާރާމާރީގައި އަނިޔާވެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައި ވަނީ ލޯބީގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައިކަމަށް ވަނީ އެނގިފަ އެވެ. އަދި ދެ މީހުންގެ މެދުގައި މައްސަލައެއް ޖެހި، ހިނގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުން ހިންގައި ހަމަލާދިނީކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ މުވައްސަސާއިން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.

