ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، އަދި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނެވި މެމްބަރު ހިސާން ހުސައިން އައްޔަނުކޮށްފި އެވެ.
އެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހިސާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި ތަމްސީލު ކުރައްވާ މެމްބަރެވެ.
ޖޭއެސްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު އަރީފް، ޖޭއެސްސީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހިސާން އައްޔަންކުރަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ހިސާން ވަނީ ބަންޑާރަނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރައީސް އޮފީހުގެ ލީގަލް ސެކެޓްރީކަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދާއި ސިޔާސީ ބައެއް ލީޑަރުންގެ ގާނޫނީ ވަކީލެއްގެ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރު އުޅުއްވި އެވެ.

