ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ”މަސްވެރިންގެ ގުންޒަރެއް“ ރ. ދުވާފަރުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި އަހަރުގެ ޚާއްސަ އިވެންޓް ކަމަށްވާ ”މަސްވެރިންގެ ގުންޒަރެއް“ ރ. ދުވާފަރުގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި ހަރަކާތަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން، މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހާ ގުޅިގެން ކުރިޔަށްގެންދާ މުހިންމު އިވެންޓެކެވެ. މި ގުންޒަރުގައި ދިވެހިރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ މަސްވެރިންނާއި މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެއެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާޅޮސްމަޑުލުއުތުރުބުރީ ދުވާފަރުގައި ބާއްވާ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ރ. ދުވާފަރަށް ވަޑައިގެންފައެވެ. ވަޒީރަށް ދުވާފަރުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ދުވާފަރު ކައުންސިލްގެ ރައީސްއާއި ކައުންސިލްގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނެވެ. ވަޒީރު ޝިޔާމް ދުވާފަރަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ސަގާފީ ހަރަކާތްތަކާއި އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ދުވާފަރު ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ގިނަ ހަރަކާތްތަކެއް ހިމެނޭ ގުންޒަރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި، މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި، ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި، މަސްކެނޑުމުގެ މުބާރާތެއް ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން މަސްކެނޑުމުގެ މުބާރާތަކީ ވަކިން ޚާއްސަ އިސްކަމެއް ދެވިފައިވާ ބައެކެވެ. މި މުބާރާތުގެ އެންމެ މޮޅު ތިން ފަރާތެއް ހޮވާ ގޮތަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް 3000ރ.، ދެވަނައަށް 2000ރ.، އަދި ތިންވަނައަށް 1000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިންގެ ތެރޭގައި އުވެމުންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމާއި، މަސް ކެނޑުމަކީ މަސްވެރިކަމުގެ ސިނާޢަތަށް މުހިއްމު މަސައްކަތެއްކަން އަންގައި ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: