ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އަލުން ބަލަން ފަށައިފިން: ޝާމިލް

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި އަލުން މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ، އެ މުއައްސަސާ މިނިވަންވެގެންދިޔައީ 2008 ވަނަ އަހަރުގައިކަމަށެވެ. އަދި ރާއްޖޭގައި މާލީ މައްސަލަތައް ތަހުގީގުކުރަންވެސް އަލަށް ފެށިގެން އައީ އެ ދުވަސްވަރުގައިކަމަށް ބުނުން ދޮގަކަށް ވެގެން ނުދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އޭރު މާރާމާރީތައް ތަހުގީގު ކުރެވޭކަމަށާއި ގޭގެއިން ކުންނާރެއް ބިނުމުން އެ މައްސަލަވެސް ބެލޭކަމަށެވެ. އަދި ހިޔާނާތުގެވެސް އެކި ބާވަތްތަކުގެ ތަހުގީގުތައް ހިނގަމުންދިޔަކަމަށާއި އެމްއެންޑީއެފްގެ ތެރެއިން ފުލުހުންގެ މުއައްސަސާ ވަކިވެ ތަހުގީގުތައް ފުޅާވެގެންދިޔަކަމަށާއި ބަދަލުތަކާއިއެކު ވަރަށް ބޮޑެތި ކުރިއެރުންތައް ހާސިލުވެގެންދިޔަކަމަށް އަލިއެޅުއްވިއެވެ.

ޝާމިލް ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކުގައި މާލީ ނަޒަރިއްޔާއަކުން ތަހުގީގުތައް ކުރެވިގެންދިޔައީ މީގެ 17 ވަރަކަށް އަހަރު ކުރިންކަން އަދި އެއީ ދުރު މާޒީއެއް ނޫންކަން ފާހަގަކުރައްވާކަމަށެވެ. އަދި ފާއިތުވި 17 އަހަރުގެ މަސައްކަތްތަކަށް ބަލާއިރު 10،117 ތަހުގީގެއް ހިންގިފައިވާކަން ފެނިގެންދާކަމަށާއި އެހެންކަމުން އަހަރެއްގެ މައްޗަށް 595 މައްސަލައެއް ތަހުގީގުކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ފައިނޭންޝަލް އިންވެސްޓިގޭޝަންތައްކަމަށާއި މަސައްކަތްތައް ފެށުނީ 2008 ގައިކަމަށްވީނަމަވެސް ފުރަތަމަ 7 އަހަރެއްހާ ދުވަސް އެ މަސައްކަތްތައް އޮތީ ޅަފަތުގައިކަމަށެވެ. އަދި ރަނގަޅަށް މަސައްކަތްތައް ކުރިއަރައިގެން އައިސްފައިވަނީ އެހިސާބަށްފަހުކަން ފެނިގެންދާކަމަށްވެސް އިޝާރާތްކުރެއްވިއެވެ.

ޝާމިލް ވިދާޅުވީ، 432 މައްސަލައެއްގައި ޕްރޮސެކިއުޓަރުންނާއި މަޝްވަރާކުރެވިފައިވާކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ޕްރޮސިކިއުޝަނަށް އެކުލަވާލެވުނު ނިޒާމުގެ ދަށުން ސީދާ ގޮތެއްގައި އެއްވެސް މައްލައެއްގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމުގެ ފުރުސަތު ނެތްއިރު އެކަން ކުރެވެނީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ހުއްދައާއިއެކުކަންވެސް ހާމަކުރެއްވިއެވެ.

ނަމަވެސް އެއްބަސްވުމަކަށް އައިސް ފޮނުވަން ބުނުމުން އެގޮތަށް އަމަލުކުރިނަމަވެސް ދައުވާކޮށްދީފައި ނުވާ ހާލަތްތައް ހުރިކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައަކީ އެކަމުގެ ރަނގަޅު މިސާލެއްކަމަށެވެ. އެތައް ފަހަރެއްގެ މަތިން އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރު އަދިވެސް ދައުވާކުރެވިފައިނުވާކަމަށެވެ. މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާކަންވެސް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: