ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުޙައްމަދު ވަކިކުރުމުގެ މައްސަލަ މާދަމާ!

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރުމުގެ މައްސަލަ ބުރާސްފަތި ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އެޖެންޑާގެ 5.2 ގައި ވަނީ ޤާނޫނު ނަންބަރު 2010/13(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 22ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދު ﷲދީދީފަނޑިޔާރުކަމުގެ މަޤާމުންވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލްސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައެވެ. އަދި 5.3 ގައި ވަނީ ޤާނޫނު ނަންބަރު 2010/13(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 22ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުންވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައެވެ.

ޖޭއެސްސީއިން މި ފަނޑިޔާރުން ސަސްޕެންޑްކޮށް، ވަކިކުރަން ފޮނުވި އިރު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކާ ބެހޭ ގޮތުން މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. ނަމަވެސް މި ދެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ނޯންނާނެ ކަމަށް ވިދާޅުވެ ޗެލެންޖު ކުރައްވައިފަ އެވެ.

ޖޭއެސްސީއިން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖޭއެސްސީން ވަނީ އެ ދެ ފަނޑިޔާރުން 60 ދުވަހަށް ސަސްޕެންޑުކުރަންވެސް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: