ކޮށްފައިވާ ދައުވާގެ ޝަރީޢަތާއި މެދު އެއެްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި، ސަބަބަކީ ”ދިވެހިރާއްޖޭގެ ބައިތުލްމާލުން އެންމެ ރުފިޔާއެއްގައިވެސް ނުޖެހެން، އެޔަށް ވުރެ އަޅުގަނޑުގެ ނަފުސު މާ މުއްސަނދި ވާނެ“ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ބުދަ ދުވަހުގެ ރޭގައި ބެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދުލްވެރި އިންސާފުވެރި ހުކުމެއް އަންނަ ކަމުގައިވާނަ އެއްވެސް މީހަކަށް ރައީސް ޔާމީން ގައިގައި އަތްވެސް ނުލެވޭނެކަމަށެވެ.
”ކަންބޮޑު ވާނެކަމެއް ނެތޭ އަޅުގަނޑު މި ދަންނަވާ ސަބަބަކީ އަޅުގަނޑު ކަންބޮޑެއް ނުވޭ. އަޅުގަނޑު ކަންބޮޑުނުވަމޭ މި ދަންނަވަނީ، އަޅުގަނޑަށް އެނގޭ ދިވެހިރާއްޖޭގެ ބައިތުލްމާލުން އެންމެ ލާރިފޮއްޗެއްގަވެސް އަޅުގަނޑު ޖެހިފަ ނޯންނާނެ. އަޅުގަނޑު ޖެހޭކަށް ނުވެސް ޖެހޭ. އަޅުގަނޑު ދިވެހިރާއްޖޭގެ ބައިތުލްމާލުން އެންމެ ލަރިފޮއްޗެއްގަވެސް ޖެހޭކަށް ނުޖެހޭ. އަޅުގަނޑުގެ ނަފުސުގެ މުއްސަނދިކަން އެޔަށްވުރެ މުއްސަނދި. އަދި އަޅުގަނޑު އަތުގައި ހުރި ފައިސާ އޭރުވެސް އެއް މިލިއަން ޑޮލަރަށްވުރެ ގިނަވާނެ. އެހެންވީމަ، މިވަރުގެ ގިލަންވެރިކަމެއްގެ ތެރޭގައި އަޅުގަނޑުގެ އާއިލާ ތަހަންމަލުކުރުވާކަށް އަޅުގަނޑު މި ދަތުރު ޖައްސާކަށް ބޭނުމެއް ނުވާނެ“ ރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ހުކުމެއް ކުރުމަށް ބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ”ދީނީ ޕާޓީން“ އަޑީގައި ތިބެގެން މިކަންކަން ކުރާއިރު އެކަމުގައި އެންމެ އިސްކޮށް އުޅެނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުކަމަށް ތުހުމަތުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސްގެ ޗީފް އޮފް ސްޓާފް ފަނޑިޔާރުންނަށް ގުޅާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް އެނގިގެންކަމަށެވެ.

