ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ އަރައްބިއްޔާގެ އަލް- ސަފްވާ ފައުންޑޭޝަނުްގެ ޗެއަމަން، ހައްޖު ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރައްބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަނުްގެ ޗެއަރމަން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތްކުރެއްވުމުގައި، އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއަރމަން، ބަންދަރު ބިން ޢަބްދުﷲ އަލް-ރާޖިޙީގެ އަރިހުގައި، އިސްލާމިކް މިނިސްޓްރ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަލް-ސަފްވާ ފައުންޑޭޝަންގެ ވަފުދަށް، ހައްޖު ކޯޕަރޭޝަންގެ ފަރާތުން މަރުހަބާ ދެންނެވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލާއި، ޑެޕިއުޓީ މެނޭޖިންގ ޑީރެކްޓަރ އަލްއުސްތާޒު އަލި ޝަރީފާއި، މުހައްމަދު ޝިހާބު އެވެ.

މީގެއިތުރުން، އަލް-ސަފްވާ ފައުންޑޭޝަންގެ ވަފްދުގެ ބޭފުޅުންނާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިސް ވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ފެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.

މީގެއިތުރުން، މި ފައުންޑޭޝަނުން، 11 ޑިސެމްބަރުގައި ބާއްވަން ހަމަޖެހިފައިވާ، ހައްޖު-އުމްރާ ކޮންފަރެންސް އެންޑު އެކްސްހިބިޝަންގައި، ސަޢޫދީޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ، ސައުދީ އަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ބޭންކުގެ ދަށުން، ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ، އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. އެ ފަރާތްތަކުން، ހައްޖު އުމްރާ ކޮންފަރެންސްގައި، އެ ބޭފުޅުންގެ ފަރާތުންވެސް ޚާއްސަ ސެޝަނެއް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލް-ސަފްވާ ފައުންޑޭޝަނަކީ، ސައުދީ އަރައްބިއްޔާގެ މަޝްހޫރު އައްރާޖިހީ ބޭންކުގެ ދަށުން، ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގ، އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: