ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސިޔާސީ ފިކުރު ބަދަލުވާ މީހުންނަށް މި ޕޯޑިއަމްއިން ޖާގައެއް ނެތް“

ޕީޕީއެމް ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ފިކުރު ބަދަލުވާ މީހުންނަށް ޕްރޮގްރެސިވް ކޯލިޝަންގެ ޕޯޑިއަމްއިން ޖާގައެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންއިން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ޕޯޑިއަމްއަކީ ސާބިތުކަމާއި ހިތްވަރާއެކީ މަސައްކަތް ކުރާ ބޭފުޅުންގެ ޕޯޑިއަމްއެއް ކަމަށެވެ. ޕީޕީއެމް އަދި ޕީއެންސީ ޕޯޑިއަމްއަކީ ޝަރަފުވެރި ޕޯޑިއަމްއެއް ކަމަށާއި ދުވާލަކު ގޮތަކަށް ހިތްޕުޅާވާ ބޭފުޅުންނަށް ޕޯޑިއަމްއިން ޖާގަނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

“ މި ޕޯޑިއަމްއަށް އަޅުގަނޑުމެން ބޭނުމެއްނުވޭ ދުވާލަކު ގޮތަކަށް އޭނަގެ ފިކުރު ބަދަލުވާ ބޭފުޅަކު. މި ޕޯޑިއަމްއަކީ ޤައުމީ ސަލާމަތާއި، ރާއްޖޭގެ މަސްލަހަތާއި، އަމާންކަމާއި ދީނާއި އަދި އަޅުގަނޑުމެން ޤަބޫލުކުރާ ހުރިހާ މަސްދަރުތައް އެންމެ ވަރުގަދައަށް ހިމާޔަތްކޮށްދޭ ޕޯޑިއަމްއަކީ މި ޕޯޑިއަމް. މީގެ ކުރިން މި ޕޯޑިއަމްގައި ވާހަކަައްކަވާފަ އެބޭފުޅުންގެ ސިޔާސީ ވިސްނުން ބަދަލުވެގެން ގޮސް، އެބޭފުޅުންގެ ދީނީ ފިކުރު ބަދަލުވެގެން ގޮސް، ވާހަަކަފުޅު ވިދާޅުވަން ކެރިވަަޑައިނުގެން ފިއްލަވާ ގޭގައި ތިއްބަވާ ބޭފުޅުންނަކަށް ދެނެއް މި ޕޯޑިއަމްއަކުން އަޅުގަނޑުމެން ޖާގައެއް ނުދޭނަން“

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާން ނިސްބަތްވާ ޕާޓީގެ ޕޯޑިއަމްއަކީ ދިވެހިރާއްޖޭގެ ކުރިއެރުން ކަމަށާއި އަމަން ދިފާޢުކުރުމަށާއި ސިޔާސީ ހަނގުރާމަ ކުރަން އަންނާނީ އެ ޕޯޑިއަމްއަށް ކަމަށެވެ. އެހެން މީހުންނަކީ އެމީހުންގެ އަމިއްލަ ބޭނުމަށް، އަމިއްލަ މުޙުތާދުތައް ފުއްދުމަށް މަސައްކަތް ކުރާ ބޭފުޅުން ކަަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުންނަށް ދެން އެ ޕާޓީއިން ޖާގަނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއިރު ދާދިފަހުން ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް ވަނީ ޕާޓީ ދޫކުރައްވާ ޖޭޕީއާއި ގުޅިވަޑައިގެންފައެވެ.

އޭގެ ތެރޭގައި ކުރީގެ ނާއިބް ރައީސް އަދި ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އަބްދުﷲ ޖިހާދާއި، ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރ އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނާއިބް ރައީސްކަކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކާއި، ކުރިން ޕީޕީއެމްއަށް އަދި ފަހުން ޕީއެންސީއަށް ނިސްބަތްވެވަޑައި ގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ކަމަށްވާ އިބްރާހިމް ފަލާހާއި، ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު އަލީ އާރިފާއި، އަހްމަދު އައްސަދުގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހްމަދުވެސް ހިމެނިވަޑައިގަންނަވައެވެ

މި ބޭފުޅުންނާއި އެކު ކުރިން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްކަން ކުރެއްވި ޑރ އަބްދުﷲ ހަލީލްވެސް ވަނީ ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އެބޭފުޅާ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައެއް ނުގަންނަވައެވެ.

މި މެންބަރުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަތުމުން ޕީޕީއެމް ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ އެބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވައިބަރ ގުރޫޕުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަުދ ޝަކީލް ވިދާޅުވީ ޖޭޕީއަށް ސޮއި ކުރެއްވި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން 19 ވަނަ މަޖިލީހަށް ނުހޮވުނީ ކަމީ ނަސީބެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: