ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕްގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި، ތަކެތީގެ އަގު ތިން މިލިއަނަށް ގާތް ކުރޭ

މީގެކުރިން އަތުލައިގަތް ގިނަ އަދަދެއްގެ ވޭޕް ޝިޕްމަންޓެއް: ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓަކުން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، ކަނޑުމަގުން ގެނައި މި މުދާ ޝިޕްމަންޓު ބަލައި ފާސްކުރީ ގާނޫނާއި ގަވާދާ ހިލާފު ތަކެތި ހުރިކަމަށް ފާހަގަކުރެވިގެން ކަމަށެވެ.

އެގޮތުން މި މަހުގެ 4 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި 10،800 ވޭޕް ކާޓްރިޖް ހޯދާފައިވާކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ސަރުކާރުން ނިންމި ފަހުން، ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓެވެ.

މީގެއިތުރުން ކަސްޓަމްސް އިން ބުނީ، ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހާތަނަށް 66،000 އަށް ވުރެ ގިނަ ވޭޕް ހިފަހައްޓާފައިވާކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާ އަދި ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި ރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމަޢަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަސްޓަމްސް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަ އިރު ކަސްޓަމްސް އިން ވަނީ މި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: