މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ވަގުތާ ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށާ އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރ ދުވާފަރުގައި ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދުވަހު މި ބާއްވާ މަސްވެރިންގެ ގުންޒަރަކީ ހުރިހާ މަސްވެރިން އެތަންވެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތުވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަވެސް ވަރަށް ބޮޑުކަމަށެވެ.
ރާއްޖޭގައިވެސް މި ސިނާއަތް އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށްކަމަށާ މިގޮތަށް ކުރިއަށްގެންދިއުމުގަ ގޮންޖެހުންތަކެއް ސަރުކަރަށްވެސް ހުންނަކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓްތަކުގަ އުނދަގޫވާ ހާލަތްތަކުގައި ސަރުކަރުގެ ކޭޝް ފްލޯއަށްވެސް ދަތިވާ ފަހަރު އަންނަކަމަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މި ހުރި ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ޒަމާންވީ މައްސަލަތަކެއް ކަމަށާއި، އެކަންކަން ހައްލުކުރުމަށް ވަގުތާއި ބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިންނާ ގުޅުންހުރި މައްސަލަތަކަކީ ދިގު މުއްދަތެއްގައި ހައްލުނުވެ ހުރި ގޮންޖެހުންތަކެއް ކަމަށެވެ. އެހެންކަމުން، މިކަންކަން ހައްލުކުރުމަށްޓަކައި އެކީގައި ވަގުތު ނަގާނެ ކަމަށާއި، ސަރުކާރަކުން ހޭދަކުރަންޖެހޭ ބޮޑެތި ހޭދަކުރުންތަކެއްވެސް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މަސްވެރި ސިނާޢަތު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ޕްރައިމެރީ ސިނާއަތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ސަރުކާރުތަކުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭ ކަހަލަ ގޮތަކަށް ބައްޓަންވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިގޮތަށް ދިވެހިރާއްޖޭގެ މަސްވެރި ސިނާޢަތުވެސް ޒަމާނުއްސުރެ ބައްޓަންވެފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް، މިގޮތަށް ސިނާއަތް ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ހާއްސަކޮށް، މަހުގެ އަގު ސަރުކާރުން ކަނޑައަޅައި، ބޭރުގެ ބާޒާރުތަކުގައި އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯ ދަތިވާ ދަނޑިވަޅުތަކުގައި ސަރުކާރުތަކަށް މިފަދަ ގޮންޖެހުންތައް ކުރިމަތިވާކަމަށް ވިދާޅުވިއެވެ. މިކަންކަމަކީ ހަމައެކަނި މި ސަރުކާރަށް އެކަންޏެއް ނޫންކަމަށާއި، އެހެން ސަރުކާރުތަކަށް ވެސް މި ދަތިތައް ކުރިމަތިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، މަޑުމަޑުން އެ ގޮންޖެހުންތައް ހައްލުކުރަމުންދާކަމަށެވެ.

