ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލުން ޙަރަކާތްތެރިވުމަށް އެދޭ ކުންފުނިތަކުން ރީއެކްޓިވޭޝަނަށް އެދި ހުށަހެޅުމަށް ބާކީ 19 ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ޤާނޫނު ގެ ދަށުން، ޙަރަކާތްތެރިނުވާ ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިގޮތުން، ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓު 30 ސެޕްޓެންބަރު 2025 ގައި ވަނީ އާންމުކުރެވިފައެވެ.

މި ލިސްޓު ރަޖިސްޓްރާރގެ ގެޒެޓާއި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވެއެވެ. މިކަމުގެ މަޤްޞަދަކީ، ދިގު މުއްދަތެއްގައި ޙަރަކާތްތެރިނުވެ، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ ކުންފުނިތައް ސާފުކޮށް، ކުންފުނީގެ ދަފްތަރު އިތުރަށް ހަރުދަނާކުރުމެވެ.

އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އަލުން ޙަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ކުންފުނިތަކަށް މި ފުރުސަތު ބޭނުންކުރުމަށް ދީފައިވާ މުއްދަތު ހަމަވާން ދެން ބާކީ އޮތީ 19 ދުވަހެވެ. މި މުއްދަތު ހަމަވާނީ 30 ޑިސެމްބަރު 2025 ވާ ދުވަހުގެ 14:00 ގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ.

އަލުން ޙަރަކާތްތެރިވުމަށް އެދޭ ކުންފުނިތަކަށް މި ފުރުސަތު ލިބިގެންދާނީ، ޤަވާޢިދު ނަންބަރު 2025/R-83 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކުރުމަށްފަހުއެވެ. ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހު، ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ: އެގޮތުން ހުށަހަޅަން ޖެހޭ ލިޔުންތަކަކީ

  • ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު.
  • 2023 ޑިސެންބަރު 31 އާ ހަމަޔަށް ކުންފުނިން ދައްކަންޖެހޭ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާއޮތް ކުންފުންޏެއްނަމަ، އެ ފައިސާ ޚަލާސްކުރުމަށްފަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން (މީރާ) ދޫކޮށްފައިވާ ރަސީދު.
  • އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު.
  • އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ޖޫރިމަނާ ދައްކަން ޖެހޭ ކުންފުންޏެއްނަމަ، ޖޫރިމަނާ ފައިސާ ޚަލާސްކުރިކަން އެނގޭނެ ރަސީދު.

މި ލިޔެކިޔުންތައް ފުރިހަމަކުރުމަކީ ކުންފުނި އަލުން ޙަރަކާތްތެރިކުރުމަށްޓަކައި ކޮންމެހެން ފުރިހަމަ ކުރަންޖެހޭ މަރުޙަލާއެކެވެ. މިއީ ޤާނޫނީ ގޮތުން ކުންފުނީގެ ޒިންމާތައް އަދާކޮށްފައިވާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، އެކަމާ ގުޅޭ އިޖުރާއަތްތައް ޤަވާޢިދު ނަންބަރު 2025/R-83 ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ޙާލަތެއްގައި 30 ޑިސެމްބަރު 2025 ވާ ދުވަހުގެ 14:00 ގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ:

  • ދަރަނި ނުވަތަ ދަޢުވާގެ ތަފުސީލު ހިމެނޭ ލިޔުން.
  • ދަރަނި ނުވަތަ ދަޢުވާއާ ގުޅޭގޮތުން ކޯޓުން ނިންމުމެއް ނިންމައިފައިވާ ނަމަ، އެ ނިންމުން.
  • ދަރަނި ނުވަތަ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ އެހެނިހެން ލިޔުން.

މިކަމުގެ ސަބަބުން، ކުންފުނި އުވާލުމުގެ ކުރިން އެ ކުންފުނިތަކުން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތަކާއި ޒިންމާތައް ބަލައި، އެކަންކަން ޙައްލުކުރުމަށް ފުރުސަތު ލިބިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: