ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ދެން ލައިވްނުވުމުގެ ފުރުސަތު ބޮޑުވެއްޖެ!

ރައީސް ޔާމީން ޖަލްސާއެއްގެ ތެރެއިން: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ދެން ލައިވްނުވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ކުރިއަށް އޮތްތަނުގައި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރުމުގެ ފުރުސަތު ކުޑަ ވެފައި މިވަނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ލައިވް ޓެލެކާސްޓު ކުރުމުގެ އުސޫލު މުރާޖާއާ ކުރެވެންދެން އެއްވެސް ޝަރީއަތެއް ލައިވް ނުކުރަން އެ ކޯޓުން ނިންމެވުމާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނެއްގައި ވާގޮތުންބުނެފައި ވަނީ އިސްތިސްނާއެއް ނެތި ޝަރީއަތްތައް ލައިވް ކުރުމުގެ ސަބަބުން އާންމު ރައުޔައް ނޭދެވޭ އަސަރު ކުރާކަމަށެވެ. އަދި އޭގެ ސަބަބުން އެއްބަޔަކަށް ފައިދާވެ އަނެއް ބަޔަކަށް ގެއްލުން ވުމުގެ ފުރުސަތު އޮންނަ ކަމަށް އެ ކޯޓުން ވިދާޅުވެއެވެ. ހަމައެހެންމެ ޝަރީއަތްތައް ލައިވްކުރުމުގެ ސަބަބުން މުޖުތަމައުގައި ފިތުނަވެސް އުފެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.

ޝަރީއަތްތައް ލައިވްކުރުމުގެ ސަބަބުން މުޖުތަމައުގައި ފިތުނަވެސް އުފެދޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޝަރީއަތުގައި ހެކި ބަސް ދޭ މީހުންގެ ހެކިބަހަށް ވެސް އަސަރު ކުރުމުގެ އިތުރުން ވެސް، ލައިވްކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުން ދިމާވާނެ އިތުރު މައްސަލަތައް އެ ކޯޓުން ހާމަކޮށްފައިވެއެވެ.  އެހެން ކަމުން މިހާރު އަމަލު ކުރަމުންދާ އުސޫލުތައް މުރާޖައާ ނުކޮށް އެއްވެސް ޝަރީއަތެއް ލައިވް ނުކުރަމަށް ކްރިމިނަލް ކޯޓުގެ ހުރިހާ ގާޒީންގް އިއްތިފާގުވެވަޑައިގަންނަވާކަމަށް އެ ކޯޓުން ވިދާޅުވެއެވެ.

ކުރިއަށް އޮތްތަނުގައި ޝަރީޢަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދާނީ މައްސަލާގައި ޝާމިލްވާ ދެފަރާތުންކުރެ ފަރާތަކުން އިއުތިރާޒު ނުކުރާނަމަ ކަމަށް ވެސް ވަނީ ނިންމަވާފައެވެ. މިހާތަނަށް ރާއްޖޭގައި ލައިވްކޮށްގެން ގެނެސް ދީފައިވާ ހަމައެކަނި ޝަރީއަތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީޢަތެވެ.

އެ ޝަރީއަތް ލައިވްކުރަން ނިންމީ ރައީސް ޔާމީން އެކަމަށް އެދިލައްވައިގެނެއް ނޫނެވެ. މިހާރު ލައިވްކޮށްގެން ކުރިއަށްދަނީވެސް މި ޝަރީއަތް އެކަންޏެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުމާއި އެކު، ރައީސް ޔާމީންގެ ޝަރީއަތް ދެން ލައިވްކޮށް ނުދެއްކުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ރައީސް ޔާމީން އާއި ދެ ފަރާތުން ކުރެ އެއް ފަރާތުން އިއުތިރަޒް ކުރާ ނަމަ އެ ޝަރީއަތް ލައިވް ނުކުރެވޭނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: