ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ޖިއްދާއަށް ހާއްސަ ދަތުރުތަކެއް މޯލްޑިވިއަނުން ކުރަނީ!

ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަނުން މާލެއިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ހަމަޖައްސައިފިއެވެ. މިއީ އުމުރާގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށް އެ އެއާލައިނުން ބުނެއެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކުރިއަށް އޮތް ޗުއްޓީއާ ގުޅުވައިގެން ޖިއްދާއަށް ތިން ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ހަމަޖެހިފައިވަނީ 2025 ޑިސެމްބަރު މަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. އަދި، ޖިއްދާއިން މާލެއަށް ތިން ރިޓާން ފްލައިޓް 2026 ޖެނުއަރީ މަހުގެ 10، 11 އަދި 12 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކަށް ބޭނުންކުރާނީ އެއާބަސް އޭ330 ފްލައިޓެވެ. ޓިކެޓެއްގެ އަގަކީ 750 ޑޮލަރެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 45 ކިލޯގެ ލަގެޖް ގެންދެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އުމްރާއަށްދާ ފަރާތްތަކަށް ޒަމްޒަމް ފެން ވެސް އުފުލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އީދު ބަންދާއި، ރޯދަ މަހުގެ އިތުރުން ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަނުން އާންމުކޮށް ރާއްޖެ އެތެރޭގެ އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރެއެވެ. މިއީ އެ ދުވަސްވަރެއްގައި އޮންނަ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގޮތުން، އެ ޑިމާންޑަށް އިޖާބަ ދިނުމުގެ ގޮތުން މޯލްޑިވިއަނުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: