ހޯދަމުން ދަނީ ކަފުނަށް ބޭނުންވާ ތިން ބާވަތުގެ ނަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައޔްިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބަޖެޓަށް ބަޙުސް ކުރައްވަމުން ދެއްކެވި ވާހަކަ އާއި ގުޅިގެން ރިޔާސަތުގައި އިންނަވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވި ނަމަވެސް އެހެން ވިދާޅުވީ ކޮން ކަމަކަށް އިޝާރާތް ކުރައްވާ ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، 2020ގެ ބަޖެޓަކީ ރާއްޖެ ކަފުން ކުރާނެ ބަޖެޓެއް ކަމަށް ވިދާޅުވުމުން، މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަޑުގަދަކުރައްވާ ނިޒާމީ ނުކުތާއެއް ނެގުމުން، އަނބުރާ މެމްބަރު ޝިޔާމް އަށް ފުރުސަތު ދެއްވަމުންނެވެ.
ރައީސް ނަޝީދަކީ މިފަދަ މާނަ ފުން ބަސްތަކާއި، މަޖާޒީ ބަސްތައް މަޖިލީހުގައި ބޭނުން ކުރައްވާ ބޭފުޅެކެވެ.
ރައީސް ނަޝީދާއި ޚިލާފަށް މީގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފަރާތްތަކުން މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައެއް ނޫޅުއްވައެވެ.
އެހެންނަމަވެސް ރައީސް ނަޝީދުއަކީ މަޖިލީހަށް ހުށަހަޅާ ކަންކަމުގެ މައުލޫމާތާއި، އެކަމުގެ ޚިޔާލްވެސް ހިއްސާކުރައްވާ ބޭފުޅެކެވެ.
މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާއަށް ފުރުސަތު ނުލިބިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ތަކުރާރުކޮށް، އަޑުގަދަ ކުރެއްވުމުން އެކަމަނާގެ ނަން ރައީސް ނަޝީދު ވަނީ އިއްވަވާފައެވެ. ރޮޒޭނާގެ ނަން އިއްވާފައި ވަނީ ޤަވާއިދާއި ޚިލާފްވުމުން ކަމަށް، ރައީސް ނަޝީދު ވިދާޅުވިއެވެ.

