ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް  އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވި: ޒަމީރު

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް  އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑު ޕްލޭނިންގ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ސަރުކާރުގެ އެތައް މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދެއްވި ކުއްލި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ރަސްމިއްޔާތެއް ބޭއްވުނުއިރު، އެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ޗައިނާގެ ސަރުކާރުން ދެއްވި ދީލަތި އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި، ވަޒީރު ޒަމީރު ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާއެކު ހެންޑޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައިފައެވެ. އަދި، ރަސްމީކޮށް، ދިވެހި ސަރުކާރަށް އެހީގެ ތަކެތި ބަދަލުކުރުން ފާހަގަކުރައްވާ، ވަޒީރު ވަނީ ދެ ގައުމަށް ވެސް ފައިދާ ވާނެ ގޮތަކަށް ޗައިނާއާއިއެކު، އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ރާއްޖެއިން އަޒުމު ކަނޑައަޅައިފައިވާކަން ތަކުރާރުކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ،  ޗައިނާއިން ފޯރުކޮށްދީފައިވާ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ، މި އެހީގެ ސަބަބުން، ސަރުކާރުގެ މުހިއްމު މަސައްކަތްތައް އަލުން ފެށުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި، ކުއްލި އެހީގެ ޕެކޭޖުގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭޏުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނޭ ކަމަށެވެ.

ޗައިނާއިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، ހަމައެކަނި އަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުލުމުގެ މުހިއްމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި، ރައްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްގީއާޢި، ތަރައްގީއަށް މާލީ އެހީތތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށްޓައކައި، ޗައިނާ ސަރުކާރުން ދެމުންދާ އެއްބާރުލުން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންގޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: