ބާ އިންޖީނުގޭގައި ހިނގި ހަދިސާގައި ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މި ހާދިސާ ހިންގައިފައިވަނީ ހުޅުމާލެ ބައު އިންޖީނުގޭގެ ސްވިޗްގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްޓަކައި، އޭނާ ހަރަކާތްތެރިވެ، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުގެ ތެރެއިންނެވެ.
މި ހާދިސާ ހިންގުމަށްފަހު، އޭނާއަށް ލިބުނު ބޮޑު އަނިޔާގެ ސަބަބުން، އޭނާ ބެންކޮކްގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެތަނުން އޭނާއަށް ވަނީ ފަރުވާދީފައެވެ. ނަމަވެސް، ފަރުވާ ދެމުން ދަނިކޮށް، އަޒްމީލް ވަނީ ނިޔާވެފައެވެ.
އޭނާ ނިޔާވުމާއި ގުޅިގެން، ރައީސް ޑރ މުއިއްޒު ވަނީ އެކްސްގައި ތައުޒިޔާގެ ޕޯސްޓެއް ކުރައްވައިފައެވެ.
އެ ޕޯސްޓުގައި، އެމަނިކުފާނު ވިދާޅުވީ، ސްޓެލްކޯގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށް، ސްޓެލްކޯގެ ހީވަގި މުވައްޒަފެއް ކަމުގައިވާ، އަހްމަދު އަޒްމީލް ނިޔާވި ހަބަރު، އެމަނިކުފާނު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމައާއި އެކުކަމަށެވެ.
ރައީސް އިތުރަށް ވިދާލުވީ، ”މަރުހޫމްގެ އާއިލާއަށާއި، ސްޓެލްކޯގެ ވެރިންނާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުމަށް އެދޭކަމަށާއި، މަރުހްހޫމް އަޒްމިލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށެވެ.

