ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރުގެ ބަޖެޓް އެއް ފަހަރާ ލިބޭ ނަމަ މާ ރަނގަޅު ވާނެ: އަސްލަމް

މެމްބަރު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

5 އަހރުގެ ބަޖެޓް އެއް ފަހަރާ ލިބޭ ނަމަ މާ ރަނގަޅަށް އެ ދާއިރާއަކަށް ކަނޑައެޅޭ ކަންކަން ސާފުވާނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވެސް ކުރިމަތިލައްވާފައިވާ އަސްލަމް ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓްގައި ހުރިހާ ދާއިރާއަކަށް ބޭނުންވާ ހުރިހާ ކަމެއް ނުހިމެނޭނެ ކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ބަޖެޓަށް ކުރާ ޚަރަދަކީ އެއީ، ސަރުކާރުން އާންމުންނަށް ކޮށްދޭ ހަމައެކަނި ކަންތައް ކަމަށް ޤަބޫލުކޮށްގެން ފަރުޖައްސާލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 5 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްދޭން ކަނޑައަޅާ ކަންކަން ބަޖެޓުން ފެންނަން އޮންނަ ނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ވައުދުވާ ކަންކަން ފުއްދައިދެވޭ މިންވަރު ބަލަން ފަސޭހަވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވަނީ، ރާއްޖޭގެ ޓެކްސްގެ ނިޒާމް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 2020 ވަނަ އަހަރު ކެޕިޓަލް ޚަރަދަށް ކުރާ ހޭދަ ބޮޑު ކަމަށާ އެއީ ކުރިއަށްއޮތްތަނުގައި ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލްތަކެއް ގެނުވާނެ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: