ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ސްކޫމް ކޯލްތައް ރިޕޯޓު ކުރެވޭނެ ލިންކެއް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގައި ތިބޭ ގައިދީން ކުރާ ސްކޫމް ކޯލްތައް ރިޕޯޓު ކުރެވޭނެ ލިންކެއް ތައާރަފުކޮށްފިއެވެ.

ދާޚިލީ ސަލަަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނީ ޖަލުހައި ތިބޭ ގައިދީން އެކި ފަރާތްތަކަށް ގުޅާ ގާނޫނާ ގަވައިދާ ހިލާފު އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ މިފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައިކަމަށް ދާޚިލީ ސަލަަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިންނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މިގޮތުން ޖަލުތަކުން ކުރާ ކޯލެއްކަމަށް ޝައްކުވާނަމަ އެގުޅި ނަމްބަރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓަށް ޒިޔާރަތްކޮށް އެ ނަންބަރުގެ މައުލޫމާތު ހިއްސާކުރުމަށް ދާޚިލީ ސަލަަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިންވަނީ އެދިފައެވެ. ސްކޭމް މައްސަލަތައް ބަލަން ފުލުހުންގެ އިދާރާގައި އެންޓި ސްކޭމް ސެންޓަރެއް އުފައްދާ ސްކޭމް މައްސަލަތައް ރިޕޯޓްކުރަން ހޮޓްލައިނެއް މި އަހަރުގެ މާރިޗުމަހު ވަނީ ގާއިމުކޮށްފައެވެ. 

ދޭތެރެ ދޭތެރެއިން ސްކޭމްގެ މައްސަލަތަށް ފެންމަތިވެގެން އަންނައިރު އާއްމު ރައްތުން އަންނަނީ އެކަމުގެ ފާޅުކުރަމުންނެވެފުލުހުން މިދިޔަ އަހަރު އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ. އެއީ މަހަކު 192 މައްސަލައެވެ. އަދި ސްކޭމްގެ ގިނަ ކޯލްތައް ޖަލުން ކުރާކަންވެސް ފުލުހުން ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: