ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ”ފިޝަރީޒް އެކްސްޕޯ“ އެއް!

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "ފިޝަރީޒް އެކްސްޕޯ" އެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ”ފިޝަރީޒް އެކްސްޕޯ“ އެއް ބާއްވަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެކްސްޕޯއެއް ބާއްވަނީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަސީލަތްތަކާ އެ މަސައްކަތްތައް ކުރަން ބޭނުން ކުރާ އާލާތްތަކާއި އެ ސިނާއަތާއި އުފެއްދުންތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދޭން ކަމަށެވެ. އެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މިނިސްޓްރީއިން އާއްމުކޮށްފައިވާ އިއުލާނެއްގައި، ބުނެފައިވަނީ މި އެކްސްޕޯގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު އާންމުކޮށް އިއުލާނުކުރާ ކަމަށާއި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލުގައި ކަމަށެވެ.

އެކްސްޕޯގައި ބައިވެރި ކުރެވޭނީ މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އާލާތްތައް ކަމަށާއި މި އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަސް ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ފިޝަރީޒް އެކްސްޕޯ އޮންނަނީ އަންނަ މަހުގެ 6 އިން 8 އަށް ހުޅުމާލެ ހުރަވީ ސްކޫލްގަ އެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި އެކްސްޕޯގައި މަސްވެރިކަމާއި ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ދޭނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: