ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުން ބޭރުކުރުމުން ވޯޓެއް ނުދެވުނު، އެވެސް އިންސާފު!: ރޮޒޭނާ

ރޮޒޭނާ ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން ނެރުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ ތަޅުމުން ބޭރުކުރީ ގަވައިދުގައި ލިބޭ ނިޒާމީ މައްސަލައެއް ނެގުމުގެ ހައްގު ބޭނުން ކުރުމުން ކަމަށެވެ. މަޖިލީހުގައި ބަޖެޓު ބަހުސް ކުރިޔަށް ދިޔަ ވަގުތު ރޮޒައިނާ ނިޒާމީ މައްސަލައެއް ނަންގަވާފައި ވާއިރު ރޮޒައިނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ނިޒާމީ ނުކުތާއެއް ނެގުމަށް މަސައްކަތްކުރެއްވިއެވެ.

އެހެންނަމަވެސް ރައީސް ނަޝީދު އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ. ރައީސް ނަޝީދު ރޮޒޭނާ އަށް ނިޒާމީ ނުކުތާއެއް ނަގަން ފުރުސަތު ނުދެއްވުމުން ރޮޒެއިނާ ވަނީ އެހެން މެންބަރުން ވާހަކަ ދެއްކެވި އިރު އަޑުގަދަކޮށް ނުރުހުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް ދެ ފަހަރަށް ނަސޭހަތް ދެއްވުމަށް ފަހު ނަން އިއްވައި ތަޅުމުން ބެރުކުރައްވާފައެެވެ.

އެކަމާއި ގުޅިގެން ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ތަޅުމުން ބޭރުކުރުމުން ވޯޓްގައި ބައިވެރި ނުވެވުނު ކަމަށާއި، އެވެސް އިންސާފުގެ ވައްތަރެއް ކަމަށް ބުނެ އެކަމާއި މެދު ނުރުހުން ފާޅުކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޑީޕީގެ މެމްބަރަކަށް ނަޝީދު ތިގޮތަށް ކަންތައް ނުކުރައްވާނެ! ވަރަށްއިންސާފުން ކަންތައްކުރައްވާކަމަށް ދައްކާލަން ހެއްދެވި ޑަމީއެއް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: