ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވައުދުފުޅުތަކެއްވީ ޒަމާންވީ މައްސަލަތަކެއް ހައްލުކޮށްދެއްވުމަށް: އިބްރާހިމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުތަކެއް ވެވަޑައިގެންފައިވަނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޒަމާންވީ ދަތިތަކެއް ނައްތާލަދެއްވުމަށްާޓަކައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރަސްމާލޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަަކަދައްކަވަމުން މެމްބަރު އިބްރާހިމް ވިދާޅުވީ، އެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ 60،000 ވަރަކަށް އާއިލާއަށް ދެމެހެއްޓިނި ގޮތެއްގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުންކަމަށެވެ. އަދި އެތަނުން މިއަދު ބިމެއް ލިބިއްޖެ ހާލަތެއްގައި ހަގީގަތުގައި އެކަމުން މަންފާތައް ލިބިގެންދަނީ އެމީހާއަށް ނޫންކަމަށާއި އެކަމުގެ ފައިދާތައް ހާސިލުވެގެންދާނީ އެ އާއިލާއެއްގެ އަންނަނިވި ޖީލުތަކަށް ނުވަތަ ދަރިންނަށްކަމަށެވެ.

މެމްބަރު ވިދާޅުވީ، އެއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރަމުންދާ އެއް ގޮތްކަމަށެވެ. އަދި މިހާރު ބިނާކޮށް ފްލެޓުތައް ހަވާލުކުރަމުންދާކަމަށްވުމުން މިވަގުުތު ދިރިތިބީންނަށް އެކަމުގެ މަންފާތައް ލިބިގެންދާކަމަށް އިޝާރާތްކުރެއްވިއެވެ. އަދި އެކި އުމުރުފުރައިގައި މީހަކު ތަހައްމަލުކުރަނީ އެކި ހާލަތުތައްކަމަށްވާއިރު ސަރުކާރަކުން އެ ހުރިހާ ހާލަތަކަށްވެސް ރިއާޔަތްކުރާނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ފަޅެއް ހިއްކާނަމަ އެ މަސައްކަތްތަކެއް ކުރާނީ އާބާދީގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށްގެންކަމަށެވެ. އަދި ފްލެޓުތަކެއް ބިނާކުރާނަމަ އެއީވެސް ވަކި ބަޔަކަށް ދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއްމަށެވެ. ސަބަބަކީ ހާލަތުތައް ތަފާތުވުންކަމަށާއި އެހުރިހާ ހާލަތުތަކެއް މެނޭޖުކޮށްގެން ހުރިހާ ގިލަންވެރިކަމެް ނައްތާލަދިނުމަކީ ޕީއެންސީގެ ސަރުކާރުގެ އަމާޒުކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެވެސް އަމާޒަކީ އެއީކަމަށާއި އެމަނިކުފާނުގެ ވައުދުތައްވެސް ބައްޓަންވެފައިހުރީ އެކަން ހާސިލުވާ ގޮތަށްކަން ހިއްސާކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނަށް ޖެހިފައިވާ ޒަމާންވީ ދަތިތަކަކާއި ކުރިމަތިލައްވަމުންކަމަށާއި މީގެ ތެރޭގައި މުޅި ގައުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާ މަސްތުވާ ތަކެތީގެ ވަބާގެ މައްސަލަ ހިމެނޭކަމަށެވެ. އެއީ އެއް ދުވަހުގެ ތެރޭގައި ނައްތާލެވޭނެ އެއްޗެއް ނޫންކަމަށެވެ.

މެމްބަރު ވިދާޅުވީ، އެތެރެކުރާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތްތައް ވަކި ކަމެއްގެ ގޮތުގައި ކުރަންޖެހޭއިރު އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގާނޫނުތައް ބިނާކުރުމުގެ މަސައްކަތްތައްވެސް ބޭނުންތެރިކަމަށެވެ. އަދި މުއައްސަސާތައް ބާރުވެރިކުރުން ފަދަ މަސައްކަތްތައްވެސް ކުރަންޖެހޭއިރު ރައީސް ޑރ މުއިއްޒު އުނދަގޫ ނިންމުންތަކެއް ނިންމަވަމުންދަނީ އެއީ އިހުލާސްތެރި ނިޔަތުގައި ކުރައްވާ މަސައްކަތްފުޅުތަކަށް ވުމުންކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: