ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރޭނުގައި އެމެރިކާގެ އެސްއީޒެޑެއް ގާއިމުކުރަން އުޅޭކަމަށް ޒެލެންސްކީ ބުނެފި

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެ ގައުމުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި އެމެރިކާއިން ސްޕެޝަލް އިކޮނޮމިކް ޒޯނެއް ގާއިމުކުރަން ބޭނުންވާކަމަށް ޔޫކްރެއިން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ އެ ގައުމުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި އެމެރިކާއިން ސްޕެޝަލް އިކޮނޮމިކް ޒޯނެއް ގާއިމުކުރަން އެދޭކަން ހިއްސާކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ޔޫކްރެއިނަށް ސުލްހައާއި ހިސާބަށް ވާސިލުވުމުގައި އެއްބަސްވުމެއް ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ހުރަސްތަކުގެ ތެރޭގައި ޒެފޮރިޓްޒިއާގައި ހުންނަ ނިއުކްލިއާރ ޕްލާންޓު ހުންނަ ސަރަަހައްދުގެ ބާރުވެރިކަމުގެ މައްސަލަ ހިމެނޭކަމަށް އިޝާރާތްކުރެއްވިއެވެ.

އޭނާވަނީ އެމެރިކާއިން ހަނގުރާމަ އަވަސް ހުއްޓުމަކަށް ގެނައުމަށް އެދޭކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ. ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ހަނގުރާމަ ހުއްޓާލަން ބޭނުންވާ ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ޔޫކްރޭނުންވަނީ އެ ގައުމު އާރާސްތުކުރުމަށްޓަކައި ޕްލޭނެއް އެކުލަވާލައި އެމެރިކާއާއި ހިއްސާކޮށްފައިކަންވެސް ހާމަކުރެއްްވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެންމެ އުނދަގޫ ކަމެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ އެންމެ ފަހު މަރުހަލާތައްކަމަށެވެ. އަދި ކޮންމެވެސް ސަބަބަކާއި ގުޅިގެން ކަންކަން އެއްކޮށް ގޯސްވެގެންދިއުމުގެ ފުރުސަތުވެސް އޮންކަމަށެވެ. ރަޝިއާއިން ދަނީ ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ބައެއް ސަރަހައްދުތައް ދޫކޮށްލުމަށް ދިމާންޑުކުރަމުން ނަމަވެސް އެ ގައުމުންދަނީ އެކަމަށް އިންކާރުކުރަމުންނެވެ. ދެކޮޅު ހަދަމުންދާ މައިގަނޑު ސަބަބަކީ އެ އަމަލުގެ ސަބަބުން ޔޫކްރެއިން ދިފާއީ ގާބިލުކަން ބަލިކަށިވެގެންދިއުމެވެ.

ނަމަވެސް އެމެރިކާއިންދަނީ މިކަމަށް ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންކަމަށާއި ނަމަވެސް އެ ސަރަހައްދުން ފައިބާނަމަ އެކަން ކުރަންވާނީ ދެ ގައުމުންވެސް އެއްބަސްވެ އެއް ފަހަރާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: