ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރައީސުން ހަމަ ތަފާތީ: ދަނޑަށް ވަޑައިގެންނެވީ ބޭންޖައްސަވާފަ، ސައިފޮދު ހިއްޕެވީ ހޮޓަލުން!

ރައީސް ނަޝީދު ބެންޖައްސަވާ ދަނޑަށް ވަޑައިގެންނެވި މަންޒަރު... ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އިއްޔެ ހަވީރު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ބެލުމަށް އެތައް ދިވެހިންނެއް ދަނޑުފުރާލިއިރު މެޗު ބެލުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންދައެވެ.

ދެ ރައީސުންގެ ފަރާތުންވެސް ފެނިގެން ދިޔައީ ތަފާތު ޢަމަލުތަކެކެވެ. މީގެ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން އުޅުއްވި ގޮތާއި މުޅިން ޚިލާފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހަކީ ބުރަ ދުވަހެއް ނަމަވެސް މަސައްކަތްތައް ނިންމާލުމަށްފަހު ރައީސް ނަޝީދުއާއި މެންބަރުން ވަޑައިގެންނެވީ ސީދާ ގަލޮޅު ދަނޑަށްށެވެ. ޖާޒީކޮޅު ތުރުކުރައްވައިގެން މަޖިލީހުން ދަނޑާ ހަމައަށް ވަދައިގެންނެވީ، ބެރުޖައްސަވާ ދުންމާރި ފުންމަވަމުން ބޭންޖައްސަވާފައެވެ. ދިވެހި ޤައުމީ ޓީމަށް ހިތްވަރުދިނުމަށެވެ.

އަރިހުގައި މަޖިލިސް މެންބަރުން ތިއްބެވިއިރު އެބޭފުޅުންވެސް ބޭން ޖެހުމުގައި ބައިވެރިވިއެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް ވަގުތުން މީސްމީޑިއާގައި ދައުރުވާންފެށިއިރު ވީޑިއޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދު ހުންނެވީ އެންމެ ކުރީގައި ބޭންޖައްސަވާށެވެ.

https://twitter.com/SatoMexicanox/status/1194928371181838336

މިހާހިސާބުން އަދި ނިމުނީއެއްނޫނެވެ. އިކޮނޮމިކް މިނިސްޓްރީން ހިންގާ ބިދޭސީންގެ ޕްރޮގްރާމްއަށް ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމް ބަންދުކޮށްފައި ހުރުމުން ، ހާފް ވަގުތުގައި ސައިފޮދު ހިއްޕަވަން ރައީސް ސޯލިހުއާއި ރައީސް ނަޝީދު ވަޑައިގެންނެވީ ކައިރީގައި ހުރި ހޮޓަލަކަށެވެ.

އެ ހޮޓަލަކީ އާންމުން ގިނައިން އަރާ ހޮޓަލަކަށްވާއިރު ދެބޭފުޅުންގެ ޝަހުސިއްޔަތަކަށް ނުވަތަ މަޤާމަކަށް ބެއްލެވުމެއް ނެތޮ ހޮޓަލަށް ވަޑައިގެން ސައިފޮދު ހިއްޕެވިއެވެ.

https://twitter.com/AhmedMahloof/status/1194977623215984643

މި ދެބޭފުޅުންގެ ސާދާ މިޒާޖާއި ހުރެ ގިނަ ބަޔަކު ވަނީ ދެ ރައީސުންނަށްވެސް ލޯތްބާއި އިހުތިރާމް އަދާކޮށްފައެވެ.

ބައެއް މީހުންވަނީ ރައީސް ނަޝީދުއާއި ރައީސް ސޯލިހުގެ ޒުވާން އިރުގެ ފޮޓޯއެއް ހިއްސާކޮށް އޭރުގެ ދިރިއުޅުން މަތިން ހަނދުމަނީތޯ ސުވާލުކޮށްފައެވެ. އަދި މިއީ ރައްޔިތު މީހާއި އެއް ހަމައެއްގައި ދިރިއުޅޭ ރައީސުުން ކަމަށް ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ރައީސް ސޯލިހުއަށާއި ރައީސް ނަޝީދު ތަޢުރީފު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: