ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގައުމު ހާލުގެ ދުލުން ގޮވަނީ، މިހާރު ހިނގާ ކަންކަން ހުއްޓުވާނެ ފަރާތަކަށް!“

ރޭގެ ޖަލްސަގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު އާކައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހާލުގެ ދުލުން ގޮވަނީ، މިހާރު ހިނގާ ކަންކަން ހުއްޓުވާނެ ފަރާތަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ހާލަތަކީ ދިވެހިންގެ މިނިވަން ކަމާއި، ސިޔާދަތާއި ދީން ފުނޑާލާފައިވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންގެ އިގްތިސާދާއި، ދިވެހިންގެ ކުރިމަގުވެސް އެކީއެކަށް ފުނޑާލާފައިވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަންކަން ހިނގާ ގޮތަށް ބަލާއިރު، ގައުމު އޮތީ ނިކަމެތި ހާލަތުގައި ކަމަށާ، ގައުމު އެދެނީ އެ ހާލަތުން ސަލާމަތްކޮށްދޭން ފަރާތެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގައުމު މި ހާލުގައި އޮތް އިރު، އެކަން ފެންނަ ދަރިޔަކު ނެތީތޯ ޤައުމު ސުވާލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މި ގައުމުގެ ހާލުގެ ދުލުން މިއަދު ބުނަނީ މަގޭ ހެޔޮ ދަރީން ކުރެ ވަކީން ހެޔޮ ދަރީންވޭ، މަގޭ ހައްގުގާ ކުރި އެ ޚިދުމަތް ނުފޮހެވޭ.     މަގޭ ހާލު ފެނިފާ އެ ނަންތައް ހަނދާންވޭ. މަގޭ އެފަދަ ދަރިއަކު ދުށުން ހާދަ އެދެވޭ. ހިތަށް އެރި ގޮތެއް ރަހުމު ނެތިގެން ހަދާ އިރު، އެތައް ޖެއްސުމާ ތުރާތަށް ކުރާއިރު     ހިތަށް ކެތްނުވާ ހުތު ބަސްތައް ގޮވާ އިރު، މިތަން ފެންނަ، ދަރިއަކު ނެތީބާއޭ“ އަބްދުއްރަހީމް ވަނީ ގައުމުގެ ގޮވުން ކަމަށް ވިދާޅުވެ، ޅެމެއް ވިދާޅުވެދެއްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: