ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައިސް ކަމާއި ހަވާލުވީ ރައީސްކަން ކުރާ ހިތަކުން ނޫން“

ފުނޑާލައިފި ޖަލްސާގައި ރައީސް ޔާމިން ވާހަކަދައްކަވަނީ... ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ވަޑައިގެންނެވީ ރައީސްކަން ކުރައްވާ ހިތުން ނޫން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

”ފުނޑާލައިފި“ ނަމުގައި ހުކުރުދުވަހުގެ ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެލެއްވީ ރައީސްކަން ކުރައްވާ ހިތުން ނޫން ކަމަށާއި އެކަން އެގޮތަށް މެދުވެރިކުރެއްވީތީ ކަަމަށެވެ.

ރައީސްކަމަށް އިންތިޙާބުވެވަޑައިގެންނެވީ މިހާރު ރައްޔިތުން ކުރިމަތިލަމުންދާ ފަދަ އަނިޔާވެރި ވެރިކަމަކަށް ފަހު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

”އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމާއިު ޙަވާލުވީ، އެއީ އަޅުގަނޑަށްވުރެ ރަނގަޅަށް އެކަން ކުރެވޭނެ ބޭފުޅުން ނެތީމައެއް ނޫން. އޭރުގެ ޙާލަތު ނިޔާކުރި ގޮތް އެއީ. ހަމަ މިކަހަލަ އަނިޔާވެރި ދުވަސްތަކަކަށްފަހު އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ މަސްރަހުން އެވެރިކަން ބަދަލުކުރެވޭނެ އެހެން ގޮތެއް ނުފެނުނީ. އަދި ވޯޓަކުން އެވަރުގެ ލީޑަރަކު ބަދަލުކުރެވޭނެ އެހެން މީހަކު ނުފެނުނީ. މިއީ ހުރިހާ ސިޔާސި ލީޑަރުން އެއްބަސްވި ކަމެއް“

ރައީސް ޔާމިން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަކީ އެހާވެސް އުނދަގޫ އިންތިޙާބެއް ކަމަށެވެ. އެ އިނިްތިޙާބުގެ ނަތީޖާ ނެރެވުނީ 4 ބުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭރުވެސް ވަޢުދުވެވަޑައިގެންނެވީ އަމިއްލަ ކަންތައްތަކެއް ފުއްދައިދޭން ނޫން ކަމަށާއި ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ބޮޑެތި މައްސަލަތަކެއް ހުރީތީ އެކަން ޙައްލުކޮށްދެއްވުމަށް ކަމަށެވެ. އަދި ވަރަށް އާދޭހާއި އެކު އެމަނިކުފާނަށް ހަސަދަވެރިނުވުމަށް ވަނީ އެދިލައްވާފައެވެ.

”މިއަދުވެސް ކަރުނަ އަންނަ ޙާލަތުގައި އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑާއި މެދު ހަސަދަވެރިވާންވީ ސަބަބެއް ނެތޭ. އަޅުގަނޑު އައީ އެއްވެސް ބޭފުޅަކާއި ވާދަކުރާކަށްނޫން. ކުރީގައި، މާޒީގައި ވެރިކަން ކުރެއްވި ބޭފުޅުންނާއި އަމުދުން ވާދަކުރާކައްވެސް ނޫން. ތަކުރާރުކޮށް ދެންނެވިން 2013 އަކީ ރާއްޖެއަށް ބަދަލުތަކެއް އަންނަންޖެހޭ އަހަރެކޭ. 2013ގަިއ ބަދަލުތަކެއް އަންނަން ޖެހެނީ ދިވެހިރާއްޖެއަށް ބޭނުންވެފައި ހުރި ކަންތައްތައް ނުފުދި ދާތީ. އެކަންތައްތައް ފުއްދޭ ވަރުގެ މީހަކު އައިސްގެން އެކަންތައްތައް ކޮށްދެވޭތޯ ބެލުން“

ރައީސް ޔާމިން ވިދާޅުވީ 2013ގައި ބަދަލެއް އަންނަންޖެހެނީ ”އެހާ ޖައްބާރު ނުލަފާ ސަރުކާރެއް“ އޮތީމައި ކަމަށެވެ. އެ ސަރުކާރުން ނިމުމަކަށް ގެނެސް ދިވެހިން ޤަބޫލުކުރާ ކަހަލަ އުސޫލުތަކެއް ދަމަހައްޓައިދޭނެ ލީޑަރަކު އޭރު ހޯދަން ޖެހުނު ކަމަށް ވިދާޅުވިއެވެ.

ފަހަރުގައިވެސް އެ ލީޑަރަކީ އެމަނިކުފާނު ކަމަށް ހީފުޅުނުކުރައްވާ ކަމަށާއި ހުރިހާ ކަމަކީވެސް ﷲގެ ނިޔާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: