ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް ވެރިކަމަށް ގެންނަން، ސުޕްރިމްކޯޓަށް 10 މިލިއަން އެމެރިކާ ޑޮލަރު ދިން ކަމުގެ ތުހުމަތު!

ސައީދު ރޭޖެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން، ސުޕްރިމްކޯޓަށް 10 މިލިއަން އެމެރިކާ ޑޮލަރު ދިންކަން ނުވަތަ ނޫންކަން އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ސާފުކޮށްދެއްވަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން ”ފުނޑާލައިފި“ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ރާއްޖޭގެ ހަމައެކަނި މައްސަލަ އަކީ ދިވެހި ރާއްޖެ އޮތްތަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ދިފާއީ ބާރާއި އިންޓެލެޖެންސަށް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް 2018އިގައި ކުރިމަތިލެއްވުމުން، އޮތް ގޮންޖެހުން ރަނގަޅަށް އެނގޭނެ ކަމަށާ އެ ގޮންޖެހުމަކީ ކޮބާކަން ބުނެދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައީދުގެ ވާހަކަތަކުގައި ރާއްޖެއަށް ނުފޫޒު ފޯރުވަން ބަޔަކު މަސައްކަތް ކުރާ ކަމަށް ދޭހަވާ މޭރުމަކުން ވަނީ ވާހަކަދައްކަވާފައެވެ. އެހެންނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ސައީދު ފާހަގައެއް ނުކުރައްވައެވެ.

މީގެ އިތުރުންމިއަދުގެ ސުޕްރީމް ކޯޓަށް ބޮޑު އަދަދަކުން ފައިސާ ހުށަހަޅައިގެން، ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ ރަނގަޅަށް ކަމަށް ނިންމަން އުޅުނު ކަމުގެ ތުހުމަތު އުފުލިފައިވާއިރު، އެކަމަށް ޖަވާބު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

“ ސުޕްރީމް ކޯޓަށް އެއްވެސް ފަރާތަކުން 10 މިލިއަން އެމެރިކާ ޑޮލަރު ދީފަތޯ އޮތީ. ދިނިއްޔާ ދިނީ. ނުދެންޏާ ނުދެނީ. އެބަ ޖެހޭ އުއްތަމަ ފަނޑިޠާރު މި ވާހަކަ އަށް ޖަވާބުދެއްވަން“

މީގެއިތުރުން ސައީދު ވިދާޅުވީ މުސްލިމް އުންމަތެއްގެ އޮތުމާއި ނެތުން ދެމި އޮންނަނީ އެ ޤައުމެއްގެ އިންސާފުގެ މައްޗަށް ކަމަށެވެ.  އަދި  ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ވާއިރު ދިވެހިން ކަންކަން ކުރަންވީ ގޮތް ކީރިތި ޤުރުއާނުން ވަރަށް ރަނގަޅަށް އެންގެ އޮންނަ ކަމަށެވެ.

އިސްލާމީ ހަޟާރަތް ނުދަންނަ، އެ ހަޟާރަތަށް އިހުތިރާމް ނުކުރާ މީހުން ވެސް އަދުލު އިންސާފު އެންމެ ފުރިހަމައަށް ލިބެނީ އިސްލާމް ދީނުގެ ތެރެއިން ކަން ޤަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އިލްމީ އެއް ތަނބު ކަމަށްވާ ހަވަރޑް ޔުނިވަރސިޓީގައި ނިސާ ސޫރަތުގެ 135 ވަނަ އާޔަތް ލިޔެފައިވާ ކަމަށާ، އެއީ އެ އާޔަތަކީ މުޅި ދުނިޔޭގެ ތާރީޚުގައި ވެސް އަދުލު އިްނސާފު އެންމެ ފުރިހަމައަށް ބުނެދީފައިވާ އާޔަތް ކަމަށްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ އަޅުގަނޑުމެންގެ ހަޟާރަތަށް އިހުތިރާމް ކުރާ، އުސޫލަށް އިހުތިރާމް ކުރާ އެހެންނަމަވެސް މުސްލިމުންގެ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީކީ.މުސްލިމް އުންމަތެއްގެ އޮތުމާއި ނެތުން ދެމި އޮންނަނީ އެ ޤައުމެއްގެ އިންސާފުގެ މައްޗަށް ”

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތެދެއް ހަދައިފިއްޔާ ކޮންމެ މީހަކު ހެދިޔަސް ތެދެއް ވިއްޔާއި ވާނީ ތެދަކައް ސަޢީދު އެދެއްކެވީ حقيقة ގައިވެސް حق ތެދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: