ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފި

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިއުން/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާ އިންޓަރންޝިޕް ޕްރޮގްރާމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް މަރުހަބާ ކިޔައިފިއެވެ.

ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް ހިމެނޭހެން 25 އިންޓަންސްއަށް ބޭންކުން މަރުހަބާ ކިޔާފައި ވެއެވެ.

ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ.

މި 12 މަހުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ނިންމާލި ބައިވެރިންގެ ގްރެޖުއޭޝަންވެސް ބާއްވާފައިވެއެވެ. މީގެ ތެރެއިން ބައެއް ބައިވެރިންނަށް ވަނީ ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައި ވެއެވެ.

2018 ވަނަ އަހަރު ފެށި ބީއެމްއެލް އިންޓަރންޝިޕް ޕްރޮގްރާމުން އިން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: