ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފްތިތާހުކޮށްފި

ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފުކުރުމަށްޓަކައި ހުޅުމާލެ ފަރުކޮޅު ފުށީގައި ”ސޭފާ ހުޅުމާލޭ“ ގެ ނަމުގައި ރަސްމިއްޔާތެއް ބޭއްވުނު އިރު، މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ރަސްމީކޮށް އިފްތިތާހުކޯށްދެއްވީ، އެޗްޑީސީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރިޓޑ) އަލީ ޒުހައިރުއެވެ.

މި ރަސްމިއްޔާތުގައި، އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނިފޯމު އަދި ނިޝާން ވަނީ ތައާރާފުކޮށް، ޝޯކޭސްކޮށްފައެވެ.

އެޗްޑީސީން ފާހަގަކުރިގޮތުގައި، އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރާފުކުރުމުގެ މައިގަނޑު މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، މުޖުތަމައުގެ އަފުރާދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކޮށް، ބެލެހެއްޓުމަށް ކަމަށެވެ.

މީގެއިތުރުން، މި ޕްރޮގުރާމުގެ ދަށުން، އެޗްޑީސީގެ ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނިއެވެ. އެގޮތުން، އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފުކުރުމުގެ ސަބަބުން، ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނައުމާއިއެކު، ލުއިފަސޭހަކާމައިއެކު، މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުނިއެވެ.

ހަމައެއާއިއެކު، މި ޕްރޮގުރާމުގެ އަލީގައި، ސެކިއުރިޓީންނަށް ކަމާބެހޭ ތަމްރީނުތައް ދެވި، ޕްރޮފޭޝަނަލް މިންގަނޑުތަކަށް މަސައްކަތް ކުުރުމަށްޓަކައި، ބޭނުންވާނެ ވަސީލަތްތައް ހޯދައިދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނިއެވެ. އަދި، އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ދަށުން، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނިއެވެ. އެހެންކަމުން، ހުޅުމާލޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް، އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށްކަމަށާއި، ހުޅުމާލެއަކީ، ރައްކާތެރި، އުފާވެރި އަދި ޒަމާނީ ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި، އެކަން ހާސިލުކުރުމަށްޓަކައި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: