ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިގެ މަގުން އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓި މަސްތުވާތަކެތީގެ އަގު 2.4 މިލިއަނަށް އަރާ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މަސްތުވާތަކެތި ނައްތާލުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް، ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކަސްޓަމުން ބުނީ، އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެތެރެ ކުރަން އުޅުނު ތިން ކިލޯގެ ކެނަބިސް ފަތް ކަމަށެވެ.

މިތަކެތީގެ ބަރުދަނާއި، ބާވަތަށް ބަލައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް ވަނީ ލަފާކޮށްފަ އެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން އަދި އެތަކެތި އެތެރެ ކުރަން މަސައްކަތް ކުރީ ރާއްޖެއައި ބޭރު މީހެއް ނުވަތަ ދިވެއްސެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ގިނަ އަދަދެއްގެ ފިޔަވަޅުތައް އަޅާފައިވާއިރު، ކަނޑުމަގުންނާއި ހާއްސަކޮށް ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރުން ވަނީ އިތުރުވެފަ އެވެ.

ދާދިފަހުން ވެސް ރާއްޖެއަށް އައި ބިދޭސީއެއް ގެސްޓް ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނިގެން އޭނާގެ ހަށިގަނޑު ސްކޭން ކުރިއިރު މަސްތުވާތަކެތީގެ 800 ގްރާމް ބުލެޓު ދިރުވާލާފައިވާކަން ވަނީ އެނގިފަ އެވެ.

ތަހުގީގުގެ އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު، މިއީ އޭނާ ރާއްޖެ އެތެރެވީއިރު ވެސް ދިރުވާލާފައި ހުރި މަސްތުވާތަކެތި ތޯ ނުވަތަ ފުރުމުގެ ކުރިން ދިރުވާލި މަސްތުވާތަކެތީތޯ ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.

މީގެއިތުރުން، ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެއިން ވިޔަފާރި ކުރާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވާނަމަ، އެ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: