ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލަ ގާޒީ އަލީ ރަޝީދު ބެލުން އިންސާފުވެރިއެއް ނޫން: އަދުރޭ

ގާޒީ އަލީ ރަޝީދު: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

 ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ މިހާރު ބެލުމަށް ކަނޑައަޅާފައިވާ ބެންޗުގައި ހިމެނި ވަޑައިގަންނަވާ، ކްރިމިނަލް ކޯޓު ހިންގުމާއި މިހާރު  ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފައްދާ، އެމަނިކުފާނު ބެންޗުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަމުންދަނިކޮށް، ރައީސް ޔާމީންގެ ޝަރީއަތް ކުރާ ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނި ވަޑައިގަތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ވަކި މީޑިއާއަކަށް، އަލީ ރަޝީދު އިންޓަވިއު ދެއްވާފައިވާތީ އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައި ދޭން އަމިއްލަ ފަރާތަކުން  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވާފަވާތީ އެކަމާއި މެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: