ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ކައުންސިލްތަކުން ރައްޔިތުންގެ ކަންކަމަށް ހުރަސްއަޅާ، ހައްލުކުރެވޭނީ ޕީއެންސީއަށް އިންތިހާބު ދީގެން: އިބްރާހިމް ހުސެއިން

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމަށް ބައެއް ކައުންސިލްތަކުން ހުރަސް އަޅާ ކަމަށާއި، އެކަން ހައްލުކުރެވޭނީ ޕީއެންސީއަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ބައެއް ކައުންސިލްތަކުން ދަތި ކުރާ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ނިމުމަކަށް ގެންނާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

އިބްރާހިމް ހުސެއިން ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ޕްރޮޖެކްޓުތައް ރަށްރަށުގައި ފެށިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ހުސެއިން ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ ރައްޔިތުންގެ ވެރިކަމެއް އަދި ކައުންސިލެއް ގާއިމްކޮށްގެން ކަމަށެވެ. އަދި އެކަންކަން ކުރެވެން އަންނާނީ މި ސަރުކާރުގެ ތެރެއިން ކަމަށާއި، އެގޮތުން ރައީސް ކުރައްވަން ބޭނުންފުޅުވާ އެތައް ކަމެއް ކުރިއަށް އޮތް 3 އަހަރު އަދި އެބަ ހުރިކަމަށް ވިދާޅުވިއެވެ.

މީގެެެިތުރުން އިބްރާހިމް ހުސެއިން ވިދާޅުވީ ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކުގެ ބިންގާވެސް އެޅިފައިވާ ކަމަށެވެ. އަދި އެކަން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މިއަދު ކައުންސިލް އިންތިހާބު ޕީއެންސީއަށް ލިބުން މުހިންމުކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

”ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްގެން އަޅުގަނޑުމެން ކުރާނެ މަސައްކަތްތަކީ ރަށްރަށުގެ ޕްރޮޖެކްޓުތައް އަވަސްކުރުމާއި، ޕްރޮޖެކްޓުތައް ވީހާވެސް އަވަހަށް ނިންމާ، އެ ޕްރޮޖެކްޓުތައް ބޭނުންކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަންކަންކަން ކުރެވިގެންދާނެ މަންޒަރު މި ފެންނަނީ“

އިބްރާހިމް ހުސެއިން ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަނީ ރައީސްއަށް ވަރަށް ބޮޑު ތާއީދެއް އޮތް މަންޒަރުކަމަށެވެ.

މީގެއިތުރުން ވިދާޅުވީ ޒުވާނުން މި ދާއިރާތަކަށް ނިކުތުމުން ގައުމު އިތުރަށް ހަރުދަނާވެ، އިގްތިސޯދަށް ރަނގަޅު ބަދަލުތަކެއް އައިސް ރަށްރަށަށް ވެސް ހަރުދަނާކަން އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: