މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ކުރި ތަހުގީގު ނިންމާ ތައްޔާރުކޮށްފައިވާ ޑރ.އަފުރާޝީމް ޢަލީގެ މަރުގެ ރިޕޯޓަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކޮމިޝަނުން ނެރުނު ރިޕޯޓު ލީކުވެފައިވާއިރު، އެ ރިޕޯޓުގައި ވާ ގޮތުން ޑރ.އަފްރާޝީމް އަވާހަރަކޮށްލާފައިވަނީ ދީނީ ހައްދު ފަހަނާޅާފައިވާ ބައެކެވެ. އަދި ޑރ.އަފްރާޝީމް ތައުބާވެ ރުޖޫޢަވާކަން ޕަބްލިކް މީޑިއާގައި އިއުލާނުކުރުމަށް ދީނީ ޢިލްމުވެރިން ބާރުއަޅާފައިވެއެވެ.ރިޕޯޓަށް ރައްދު ދެއްވާ ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި، ދައުލަތުން ބޮޑު މުސާރަ ދީފަ، ތިމާއާއި ބޮޑު މަސައްކަތެއް ހަވާލުކުރުމުން ހަވާ ނަފުސަށް ގެއްލި ބަޔަކު ރުއްސުމަށް ފާޑެއްގެ ރިޕޯޓެއް ނެރުނީމަ މާދަމާ ޤިޔާމަތް ދުވަހު ﷲގެ ހަޟުރަތުގައި ދޭނެ ޖަވާބަކީ ކޮބައިކަމާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތޯ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައެވެ.
https://twitter.com/dr_iyaz/status/1195763822033661952?s=20
އިޔާޒު ޓްވީޓުގައި ވަކި މީހަކަށް ނިސްބަތްކޮށްފައި ނެތްނަމަވެސް އިޔާޒުގެ މެސެޖް ރައްދުވަނީ މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުޢޫދަށް ކަމަށް ބެލެވެއެވެ.
މަރުގެ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމު ޢަލީ ސަޢީދަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މަރު ކޮމިޝަނުން މިހާރު ދަނީ އެ ކޮމިޝަންގެ ރިޕޯޓުތައް ލީކުވި މައްސަލަވެސް ތަހުގީގުކުރަމުންނެވެ

