ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްރާޝީމްގެ މަރު މައުސޫމް މީހުންނާއި ގުޅުވަނީ ހަޤީޤީ ގާތިލުން ފޮރުވަން – ޑރ.ޝަހީމް

ކޮމިޝަންގެ ރިޕޯޓުގައި ޑރ ޝަހީމްއަށް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށްފަ.... ފޮޓޯ: ސަންު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. އަފްރާޝީމްގެ މަރާއި މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަގީގީ ގާތިލުން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށާއި އަދާލަތު ޕާޓީއަށް ބޮޑެތި ތުހުމަތުތަކެއް ވަނީކޮށްފައެވެ.

އެގޮތުން ޑރ އަފްރާޝީމް މަރާލި ރޭ ޓީވީއެމްގެ ޕްރޮގްރާމްއަށް އެބޭފުޅާ އަރައިވަޑައިގެންނެވީ އޭރު އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެގެން ކަމަށެވެ.

މި ޕްރޮގްރާމްއަށް ޑރ އަފްރާޝީމް އެރީ ޓީވީއެމްއިން ގެނެސްދޭ އެއްވެސް ޕްރޮގްރާމްއަކަށް އަރަން އެބޭފުޅާއަށް ފުރުސަތު ނުދޭތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން ވަރަށް ކުއްލި ގޮތަކަށް ކަން، އިސްލާމިކް މިނިސްްޓްރީގެ ދީނީ ޝީއާރު ފާޅުކުރުމާއި ބެހޭ ސެކްޝަންގެ މުވަޒަފުންނާއި ޙަވާލާދީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ޕްރޮގްރާމްއަށް އަރާނެ މެހެމާނުން ކަނޑައަޅުއްވަނީ މިނިސްޓަރ ކަމަށް އެ ސެކްޝަންގެ މުވަޒަފަކާ ހަވާލާދީ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ޝަހީމު ލިޔުމުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ މައުލޫމާތުގައި 1 އޮކްޓޫބަރު 2012 ވީ ދުވަހު އަފްރާޝީމް، އޭނާއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޑރ ޝަހީމްއަށް ކުރެއްވިފައިވާ ތުހުމަތުތައް ދޮގު ކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޓީވީ ޕްރޮގްރާމްއާއި ބެހޭގޮތުން ކޮމިޝަންއަަށް ދީފައިވާނީ ތެދު މައުލޫމާ ކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތަކުން އެބޭފުޅާ އެއްކިބާވެފައިވާ ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/1195937291061080064

ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެހެންމެ ޑރ އަފްރާޝީމް ޓީވީ ޕްރޮގުރާމަށް އަރާވަދައިގެންނެވި ރޭ ޓީވީ ޕްރޮގުރާމް ބެލުމަށްޓަކައި އަދާލަތު ޕާޓީގެ އަފީހުގައި ބަޔަކު މީޙުން ތިބި ކަމަށެވެ.

މީގެއިތުރުން ޑރ.އަފްރާޝީމް މަރާލިރޭގެ އަނެއް ދުވަހު ޝަހީމްވެސް ރާއްޖެއިން ފުރައިގެން ދިޔަ ކަމަށާއި ފުރައިގެން ދިޔަ މީހުންގެ ތެރޭގައި ޑރ އަފްރާޝީމް މަރާލުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނޭކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: